އަތް-ތައުބާ · 43/129
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ތައުބާ
عَفَا اللَّهُ عَنكَ لِمَ أَذِنتَ لَهُمْ حَتَّىٰ يَتَبَيَّنَ لَكَ الَّذِينَ صَدَقُوا وَتَعْلَمَ الْكَاذِبِينَ ۝٤٣
Afal laahu `anka lima azinta lahum hattaa yatabai yana lakal lazeena sadaqoo wa ta`lamal kaazibeen
📖 ދިވެހި މާނަ
اللَّه، ކަލޭގެފާނަށް عفو ކުރައްވައިފިއެވެ. ތެދުބުނި މީހުން، ކަލޭގެފާނަށް ބަޔާންވެ ފާޅުވެ، ދޮގުވެރިން އެނގިވަޑައިގެންފުމަށްދާނދެން (ހަނގުރާމައަށް ނުގޮސްތިބުމަށް) އެއުރެންނަށް، ކަލޭގެފާނު إذن ދެއްވީ ކީއްވެގެންތޯއެވެ؟

🎧 އަޑު އަހާ


📜 އާޔަތް 41-45 — ސޫރަތު އަތް-ތައުބާ

41انفِرُوا خِفَافًا وَثِقَالًا وَجَاهِدُوا بِأَمْوَالِكُمْ وَأَنفُسِكُمْ فِي سَبِيلِ اللَّهِ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކުރާށެވެ! ތިޔަބައިމީހުންނަށްޓަކައި، އެގޮތް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ
42لَوْ كَانَ عَرَضًا قَرِيبًا وَسَفَرًا قَاصِدًا لَّاتَّبَعُوكَ وَلَٰكِن بَعُدَتْ عَلَيْهِمُ الشُّقَّةُ ۚ وَسَيَحْلِفُونَ بِاللَّهِ لَوِ اسْتَطَعْنَا لَخَرَجْنَا مَعَكُمْ يُهْلِكُونَ أَنفُسَهُمْ وَاللَّهُ يَعْلَمُ إِنَّهُمْ لَكَاذِبُونَ
ގާތުގައި އޮތް دنيوى މަންފާއެއް ކަމުގައި، ނުވަތަ ލުއިފަސޭހަ ދަތުރެއް ކަމުގައިވީނަމަ، އެއުރެން ކަލޭގެފާނުގެ ފަހަތްޕުޅުން ހިނގައްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، ދަތުރުކުރާންއޮތް މަގު، އެއުރެންނަށް ދުރުވީއެވެ. އަދި ތިމަންމެންނަށް ކުޅަދާނަވެގެންވީނަމަ، ތިޔަބައިމީހުންނާއެކު ނުކުތީމުހޭ ކިޔައި، އެއުރެން اللَّه ގަންދީ ހުވާކޮށް ހަދާނެތެވެ. އެއުރެން (އެކަމުން) އެއުރެންގެ އަމިއްލަ نفس ތައް ހަލާކުކުރެތެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން اللَّه ދެނެވޮޑިގެންވެތެވެ
43عَفَا اللَّهُ عَنكَ لِمَ أَذِنتَ لَهُمْ حَتَّىٰ يَتَبَيَّنَ لَكَ الَّذِينَ صَدَقُوا وَتَعْلَمَ الْكَاذِبِينَ
اللَّه، ކަލޭގެފާނަށް عفو ކުރައްވައިފިއެވެ. ތެދުބުނި މީހުން، ކަލޭގެފާނަށް ބަޔާންވެ ފާޅުވެ، ދޮގުވެރިން އެނގިވަޑައިގެންފުމަށްދާނދެން (ހަނގުރާމައަށް ނުގޮސްތިބުމަށް) އެއުރެންނަށް، ކަލޭގެފާނު إذن ދެއްވީ ކީއްވެގެންތޯއެވެ؟
44لَا يَسْتَأْذِنُكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أَن يُجَاهِدُوا بِأَمْوَالِهِمْ وَأَنفُسِهِمْ ۗ وَاللَّهُ عَلِيمٌ بِالْمُتَّقِينَ
اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރުމުން އެއްކިބާވެތިބުމަށް ކަލޭގެފާނުގެ އަރިހުން إذن އަކަށް ނޭދޭނެތެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
45إِنَّمَا يَسْتَأْذِنُكَ الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ
(ހަނގުރާމައަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދެނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ މީހުންކަން ކަށަވަރެވެ. އަދި އެއުރެންގެ ހިތްތަކުގައި، شك ހިނގާ މީހުންނެވެ. ފަހެ، އެއުރެންގެ شك ކަމުގެ ތެރޭގައި، އެއުރެން ދެއަތަށް ކިރިކިރި ތިބެތެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
43އާޔަތް

ތަރުޖަމާ — އަތް-ތައުބާ 43

ސޫރަތު އަތް-ތައުބާ އާޔަތް 43 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه، ކަލޭގެފާނަށް عفو ކުރައްވައިފިއެވެ. ތެދުބުނި މީހުން، ކަލޭގެފާނަށް ބަޔާންވެ ފާޅުވެ، ދޮގުވެރިން…

ސޫރަތު އާޔަތް 43/129 — ސޫރަތު އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ތައުބާ އަޑު އަހާ, ސޫރަތު އަތް-ތައުބާ ތަރުޖަމާ, ސޫރަތު އަތް-ތައުބާ mp3, ސޫރަތު އަތް-ތައުބާ pdf. އާޔަތް 41–45. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers