ސޫރަތު އަލް-ލައިލް ޢަރަބި އަދި ދިވެހި

ސޫރަތު އަލް-ލައިލް ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (21 އާޔަތް — مكية). އަލް-ލައިލް އަޑު އަހާ, އަލް-ލައިލް ތަރުޖަމާ, އަލް-ލައިލް mp3, އަލް-ލައިލް pdf.

ސޫރަތު އަލް-ލައިލް ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
وَاللَّيْلِ إِذَا يَغْشَىٰ ۝١
📖 ތަރުޖަމާ އާޔަތް 1
ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
وَالنَّهَارِ إِذَا تَجَلَّىٰ ۝٢
📖 ތަރުޖަމާ އާޔަތް 2
ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ
وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ ۝٣
📖 ތަރުޖަމާ އާޔަތް 3
އަދި ފިރިހެން، އަންހެންް، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ
إِنَّ سَعْيَكُمْ لَشَتَّىٰ ۝٤
📖 ތަރުޖަމާ އާޔަތް 4
ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ۝٥
📖 ތަރުޖަމާ އާޔަތް 5
ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ
وَصَدَّقَ بِالْحُسْنَىٰ ۝٦
📖 ތަރުޖަމާ އާޔަތް 6
(ފަހެ) މުދަލުން (ހޭދަކޮށް) اللَّه އަށް (تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ)
فَسَنُيَسِّرُهُ لِلْيُسْرَىٰ ۝٧
📖 ތަރުޖަމާ އާޔަތް 7
ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ
وَأَمَّا مَن بَخِلَ وَاسْتَغْنَىٰ ۝٨
📖 ތަރުޖަމާ އާޔަތް 8
ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ
وَكَذَّبَ بِالْحُسْنَىٰ ۝٩
📖 ތަރުޖަމާ އާޔަތް 9
އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ
فَسَنُيَسِّرُهُ لِلْعُسْرَىٰ ۝١٠
📖 ތަރުޖަމާ އާޔަތް 10
ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ
وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ ۝١١
📖 ތަރުޖަމާ އާޔަތް 11
(އަދި އެމީހާ) ނަރަކަޔަށް (ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ)
إِنَّ عَلَيْنَا لَلْهُدَىٰ ۝١٢
📖 ތަރުޖަމާ އާޔަތް 12
ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ ۝١٣
📖 ތަރުޖަމާ އާޔަތް 13
އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ
فَأَنذَرْتُكُمْ نَارًا تَلَظَّىٰ ۝١٤
📖 ތަރުޖަމާ އާޔަތް 14
ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ
لَا يَصْلَاهَا إِلَّا الْأَشْقَى ۝١٥
📖 ތަރުޖަމާ އާޔަތް 15
ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ
الَّذِي كَذَّبَ وَتَوَلَّىٰ ۝١٦
📖 ތަރުޖަމާ އާޔަތް 16
އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ
وَسَيُجَنَّبُهَا الْأَتْقَى ۝١٧
📖 ތަރުޖަމާ އާޔަތް 17
އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ
الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ۝١٨
📖 ތަރުޖަމާ އާޔަތް 18
އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ۝١٩
📖 ތަރުޖަމާ އާޔަތް 19
އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ۝٢٠
📖 ތަރުޖަމާ އާޔަތް 20
(އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ)
وَلَسَوْفَ يَرْضَىٰ ۝٢١
📖 ތަރުޖަމާ އާޔަތް 21
އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ
→ 91 އަލް-ލައިލް (92/114) 93 ←
ކިޔާ ސޫރަތު އަލް-ލައިލް ދިވެހި ތަރުޖަމާ – އަޑު އަހާ

92الليل Al-Layl 📚 21 އާޔަތް مكية

އާޔަތްތައް – ސޫރަތު އަލް-ލައިލް — 21 އާޔަތް




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers