ސޫރަތު އައް-ޝަމްސު ޢަރަބި އަދި ދިވެހި

ސޫރަތު އައް-ޝަމްސު ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (15 އާޔަތް — مكية). އައް-ޝަމްސު އަޑު އަހާ, އައް-ޝަމްސު ތަރުޖަމާ, އައް-ޝަމްސު mp3, އައް-ޝަމްސު pdf.

ސޫރަތު އައް-ޝަމްސު ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
—
x1
bismillah
وَالشَّمْسِ وَضُحَاهَا ۝١
📖 ތަރުޖަމާ އާޔަތް 1
އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ
وَالْقَمَرِ إِذَا تَلَاهَا ۝٢
📖 ތަރުޖަމާ އާޔަތް 2
އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ
وَالنَّهَارِ إِذَا جَلَّاهَا ۝٣
📖 ތަރުޖަމާ އާޔަތް 3
އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ
وَاللَّيْلِ إِذَا يَغْشَاهَا ۝٤
📖 ތަރުޖަމާ އާޔަތް 4
އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
وَالسَّمَاءِ وَمَا بَنَاهَا ۝٥
📖 ތަރުޖަމާ އާޔަތް 5
އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ
وَالْأَرْضِ وَمَا طَحَاهَا ۝٦
📖 ތަރުޖަމާ އާޔަތް 6
އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ
وَنَفْسٍ وَمَا سَوَّاهَا ۝٧
📖 ތަރުޖަމާ އާޔަތް 7
އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ
فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۝٨
📖 ތަރުޖަމާ އާޔަތް 8
ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ
قَدْ أَفْلَحَ مَن زَكَّاهَا ۝٩
📖 ތަރުޖަމާ އާޔަތް 9
އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ
وَقَدْ خَابَ مَن دَسَّاهَا ۝١٠
📖 ތަރުޖަމާ އާޔަތް 10
އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ
كَذَّبَتْ ثَمُودُ بِطَغْوَاهَا ۝١١
📖 ތަރުޖަމާ އާޔަތް 11
ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ
إِذِ انبَعَثَ أَشْقَاهَا ۝١٢
📖 ތަރުޖަމާ އާޔަތް 12
އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ
فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا ۝١٣
📖 ތަރުޖަމާ އާޔަތް 13
ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا ۝١٤
📖 ތަރުޖަމާ އާޔަތް 14
ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ
وَلَا يَخَافُ عُقْبَاهَا ۝١٥
📖 ތަރުޖަމާ އާޔަތް 15
އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ
→ 90 އައް-ޝަމްސު (91/114) 92 ←
ކިޔާ ސޫރަތު އައް-ޝަމްސު ދިވެހި ތަރުޖަމާ – އަޑު އަހާ

91الشمس Ash-Shams 📚 15 އާޔަތް مكية



ކީރިތި ޤުރުއާން


Monday, September 28, 2026

Don't forget us in your sincere prayers