ސޫރަތު އައް-ޒަލްޒަލާ ޢަރަބި އަދި ދިވެހި

ސޫރަތު އައް-ޒަލްޒަލާ ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (8 އާޔަތް — مدنية). އައް-ޒަލްޒަލާ އަޑު އަހާ, އައް-ޒަލްޒަލާ ތަރުޖަމާ, އައް-ޒަލްޒަލާ mp3, އައް-ޒަލްޒަލާ pdf.

ސޫރަތު އައް-ޒަލްޒަލާ ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ۝١
📖 ތަރުޖަމާ އާޔަތް 1
ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ
وَأَخْرَجَتِ الْأَرْضُ أَثْقَالَهَا ۝٢
📖 ތަރުޖަމާ އާޔަތް 2
އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ
وَقَالَ الْإِنسَانُ مَا لَهَا ۝٣
📖 ތަރުޖަމާ އާޔަތް 3
އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ۝٤
📖 ތަރުޖަމާ އާޔަތް 4
އެދުވަހުން އެ ބިންގަނޑު، އޭގެ خبر ތަކުގެ ވާހަކަ ދައްކާނެތެވެ
بِأَنَّ رَبَّكَ أَوْحَىٰ لَهَا ۝٥
📖 ތަރުޖަމާ އާޔަތް 5
އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ
يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ ۝٦
📖 ތަރުޖަމާ އާޔަތް 6
އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عمل ތައް ދެއްކެވުމަށްޓަކައެވެ
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ۝٧
📖 ތަރުޖަމާ އާޔަތް 7
ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ۝٨
📖 ތަރުޖަމާ އާޔަތް 8
އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ
→ 98 އައް-ޒަލްޒަލާ (99/114) 100 ←
ކިޔާ ސޫރަތު އައް-ޒަލްޒަލާ ދިވެހި ތަރުޖަމާ – އަޑު އަހާ

99الزلزلة Az-Zalzalah 📚 8 އާޔަތް مدنية

އާޔަތްތައް – ސޫރަތު އައް-ޒަލްޒަލާ — 8 އާޔަތް




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers