PDF —
29 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަތް-ތަކްވީރު pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަތް-ތަކްވީރު pdf ދިވެހި — ޑައުންލޯޑް ސޫރަތު އަތް-ތަކްވީރު ތަރުޖަމާ. ސޫރަތު އަތް-ތަކްވީރު (Meccan) 29 އާޔަތް.

→ ޢަބަސްސޫރަތު އަތް-ތަކްވީރު އަލް-އިންފިޠާރު ←


29 އާޔަތް · Meccan · ދިވެހި
bismillah
ﭙﭚﭛﭜ
81:1 އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ
ﭝﭞﭟﭠ
81:2 އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ
ﭡﭢﭣﭤ
81:3 އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ
ﭥﭦﭧﭨ
81:4 އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ
ﭩﭪﭫﭬ
81:5 އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ
ﭭﭮﭯﭰ
81:6 އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ
ﭱﭲﭳﭴ
81:7 އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ
ﭵﭶﭷﭸ
81:8 އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ
ﭹﭺﭻﭼ
81:9 އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
ﭽﭾﭿﮀ
81:10 އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެެވެ
ﮁﮂﮃﮄ
81:11 އަދި އުޑު ގެންދަވާ ހިނދެވެ
ﮅﮆﮇﮈ
81:12 އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ
ﮉﮊﮋﮌ
81:13 އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ
ﮍﮎﮏﮐﮑ
81:14 ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ
ﮒﮓﮔﮕ
81:15 ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ
ﮖﮗﮘ
81:16 ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ
ﮙﮚﮛﮜ
81:17 އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
ﮝﮞﮟﮠ
81:18 އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ
ﮡﮢﮣﮤﮥ
81:19 ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ
ﮦﮧﮨﮩﮪﮫﮬ
81:20 عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ
ﮭﮮﮯﮰ
81:21 އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ
ﮱﯓﯔﯕ
81:22 އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ
ﯖﯗﯘﯙﯚ
81:23 އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ
ﯛﯜﯝﯞﯟﯠ
81:24 އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ
ﯡﯢﯣﯤﯥﯦ
81:25 އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ
ﯧﯨﯩ
81:26 ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟
ﯪﯫﯬﯭﯮﯯ
81:27 عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ
ﯰﯱﯲﯳﯴﯵ
81:28 ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ
ﯶﯷﯸﯹﯺﯻﯼﯽﯾ
81:29 عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers