އަލް-އަޢްރާފް · 38/206
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަޢްރާފް
قَالَ ادْخُلُوا فِي أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ الْجِنِّ وَالْإِنسِ فِي النَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا ۖ حَتَّىٰ إِذَا ادَّارَكُوا فِيهَا جَمِيعًا قَالَتْ أُخْرَاهُمْ لِأُولَاهُمْ رَبَّنَا هَٰؤُلَاءِ أَضَلُّونَا فَآتِهِمْ عَذَابًا ضِعْفًا مِّنَ النَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَٰكِن لَّا تَعْلَمُونَ ۝٣٨
Qaalad khuloo feee umamin qad khalat min qablikum minal jinni wal insifin naari kullamaa dakhalat ummatul la`anat ukhtahaa hattaaa izad daarakoo feehaa jamee`an qaalat ukhraahum li oolaahum Rabbannaa haaa`u laaa`i adalloonaa fa aatihim `azaaban di`fam minan naari qaala likullin di funw wa laakil laa ta`lamoon
📖 ދިވެހި މާނަ
އެކަލާނގެ وحى ކުރައްވާނެތެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން ތިޔަބައިމީހުންގެ ކުރިން އިސްވެގޮސްފައިވާ (އަނިޔާވެރި) ބައިގަނޑަކާއެކު ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ! އޭގެތެރެއިން ބަޔަކު (ނަރަކަޔަށް) ވަންނަ ކޮންމެފަހަރަކު، އެބަޔަކު އެފަދަ އަނެއްބަޔަކަށް لعنة ދެއެވެ. އެ އެންމެން ނަރަކައަށް جمع ވެ ނިމުމުން އެއުރެންކުރެ ފަހުގެ މީހުން ކުރީގެ މީހުންނާމެދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން މަގުފުރެއްދީ މިތިބަ މީހުންނެވެ. ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ދެގުނައަށް ދެއްވާނދޭވެ! އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔައިން ކޮންމެ ބަޔަކަށްވެސް ދެގުނަޔަށް (عذاب) ހުށްޓެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނޭނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 36-40 — ސޫރަތު އަލް-އަޢްރާފް

36وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ މީހުންނެވެ
37فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ أُولَٰئِكَ يَنَالُهُمْ نَصِيبُهُم مِّنَ الْكِتَابِ ۖ حَتَّىٰ إِذَا جَاءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوا أَيْنَ مَا كُنتُمْ تَدْعُونَ مِن دُونِ اللَّهِ ۖ قَالُوا ضَلُّوا عَنَّا وَشَهِدُوا عَلَىٰ أَنفُسِهِمْ أَنَّهُمْ كَانُوا كَافِرِينَ
اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ آية ތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ ملائكة ން ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ كافر ން ކަމުގައި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ
38قَالَ ادْخُلُوا فِي أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ الْجِنِّ وَالْإِنسِ فِي النَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا ۖ حَتَّىٰ إِذَا ادَّارَكُوا فِيهَا جَمِيعًا قَالَتْ أُخْرَاهُمْ لِأُولَاهُمْ رَبَّنَا هَٰؤُلَاءِ أَضَلُّونَا فَآتِهِمْ عَذَابًا ضِعْفًا مِّنَ النَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَٰكِن لَّا تَعْلَمُونَ
އެކަލާނގެ وحى ކުރައްވާނެތެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން ތިޔަބައިމީހުންގެ ކުރިން އިސްވެގޮސްފައިވާ (އަނިޔާވެރި) ބައިގަނޑަކާއެކު ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ! އޭގެތެރެއިން ބަޔަކު (ނަރަކަޔަށް) ވަންނަ ކޮންމެފަހަރަކު، އެބަޔަކު އެފަދަ އަނެއްބަޔަކަށް لعنة ދެއެވެ. އެ އެންމެން ނަރަކައަށް جمع ވެ ނިމުމުން އެއުރެންކުރެ ފަހުގެ މީހުން ކުރީގެ މީހުންނާމެދު ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން މަގުފުރެއްދީ މިތިބަ މީހުންނެވެ. ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ދެގުނައަށް ދެއްވާނދޭވެ! އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔައިން ކޮންމެ ބަޔަކަށްވެސް ދެގުނަޔަށް (عذاب) ހުށްޓެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނޭނގެއެވެ
39وَقَالَتْ أُولَاهُمْ لِأُخْرَاهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْسِبُونَ
އަދި އެއުރެންކުރެ ކުރީގެ މީހުން ފަހުގެ މީހުންނަށް ބުނާނެތެވެ. ފަހެ، ތިމަންމެންގެ މައްޗަށް ތިޔަބައިމީހުންނަކަށް އިތުރު ކަމެއް ނެތެވެ. ފަހެ، ތިޔަބައިމީހުން ހޯދައި އުޅުނު (ނުބައި) عمل ތަކުގެ ސަބަބުން ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ
40إِنَّ الَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ ۚ وَكَذَٰلِكَ نَجْزِي الْمُجْرِمِينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
38އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 38

ސޫރަތު އަލް-އަޢްރާފް އާޔަތް 38 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލާނގެ وحى ކުރައްވާނެތެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން ތިޔަބައިމީހުންގެ ކުރިން އިސްވެގޮސްފައިވާ (އަނިޔާވެރި)…

ސޫރަތު އާޔަތް 38/206 — ސޫރަތު އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަޢްރާފް އަޑު އަހާ, ސޫރަތު އަލް-އަޢްރާފް ތަރުޖަމާ, ސޫރަތު އަލް-އަޢްރާފް mp3, ސޫރަތު އަލް-އަޢްރާފް pdf. އާޔަތް 36–40. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers