އަތް-ތައުބާ · 1/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
بَرَاءَةٌ مِّنَ اللَّهِ وَرَسُولِهِ إِلَى الَّذِينَ عَاهَدتُّم مِّنَ الْمُشْرِكِينَ ۝١
Baraaa`atum minal laahi wa Rasooliheee ilal lazeena `anhattum minal mushrikeen
📖 ދިވެހި މާނަ
(މިއީ) مشرك ންގެ ތެރެއިން ތިޔަބައިމީހުން معاهدة އެއްކޮށް އެ معاهدة އުވާލާފައިވާ ބަޔަކުގެ ކިބައިން اللَّه އާއި، އެކަލާނގެ رسول އާ ބަރީއަވެގެންވާކަމުގެ އެންގެވުމެކެވެ
🎧 އަޑު އަހާ

📜 އާޔަތް 1-3 — އަތް-ތައުބާ

1بَرَاءَةٌ مِّنَ اللَّهِ وَرَسُولِهِ إِلَى الَّذِينَ عَاهَدتُّم مِّنَ الْمُشْرِكِينَ
(މިއީ) مشرك ންގެ ތެރެއިން ތިޔަބައިމީހުން معاهدة އެއްކޮށް އެ معاهدة އުވާލާފައިވާ ބަޔަކުގެ ކިބައިން اللَّه އާއި، އެކަލާނގެ رسول އާ ބަރީއަވެގެންވާކަމުގެ އެންގެވުމެކެވެ
2فَسِيحُوا فِي الْأَرْضِ أَرْبَعَةَ أَشْهُرٍ وَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۙ وَأَنَّ اللَّهَ مُخْزِي الْكَافِرِينَ
ފަހެ، ތިޔަބައިމީހުން (އެބަހީ: مشرك ން) ހަތަރު މަސްވަންދެން ބިމުގައި ހިނގާބިނގާ އުޅޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނަށް اللَّه، ނުކުޅައްދައި ނުލެވޭނެކަމާއި، ހަމަކަށަވަރުން اللَّه، كافر ތަކުން ދެރަކޮށްލައްވާހުށިކަން، ތިޔަބައިމީހުން ދަންނާށެވެ
3وَأَذَانٌ مِّنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِّنَ الْمُشْرِكِينَ ۙ وَرَسُولُهُ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۗ وَبَشِّرِ الَّذِينَ كَفَرُوا بِعَذَابٍ أَلِيمٍ
އަދި މިއީ ބޮޑުވެގެންވާ حج ގެ ދުވަހު، اللَّه އާއި، އެކަލާނގެ رسول އާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ. (މިއަދަށްފަހު) ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާ ވަނީ، مشرك ންގެ ކިބައިން ބަރީއަވެގެންނެވެ. ފަހެ، ތިޔަބައިމީހުން (مشرك ން) توبة ވެއްޖެނަމަ (ދަންނާށެވެ!) ފަހެ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީފިނަމަ، ފަހެ، ތިޔަބައިމީހުންނަށް اللَّه ނުކުޅައްދައެއް ނުލެވޭނެކަން ތިޔަބައިމީހުން ދަންނާށެވެ! كافر ވި މީހުންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
1އާޔަތް

ތަރުޖަމާ — އަތް-ތައުބާ 1

ސޫރަތު އަތް-ތައުބާ އާޔަތް 1 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (މިއީ) مشرك ންގެ ތެރެއިން ތިޔަބައިމީހުން معاهدة އެއްކޮށް އެ معاهدة އުވާލާފައިވާ…

ސޫރަތު އާޔަތް 1/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 1–3. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers