PDF —
22 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަލް-ބުރޫޖް pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-ބުރޫޖް pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-ބުރޫޖް ތަރުޖަމާ. ސޫރަތު އަލް-ބުރޫޖް (Meccan) 22 އާޔަތް.



22 އާޔަތް · Meccan · ދިވެހި
bismillah
ﭛﭜﭝﭞ
85:1 برج ތަކުގެވެރި އުޑު ގަންދެއްވަމެވެ
ﭟﭠﭡ
85:2 އަދި وعد ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ
ﭢﭣﭤ
85:3 އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ
ﭥﭦﭧﭨ
85:4 ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ
ﭩﭪﭫﭬ
85:5 (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ
ﭭﭮﭯﭰﭱ
85:6 އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ
ﭲﭳﭴﭵﭶﭷﭸ
85:7 مؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި حال ގައެވެ
ﭹﭺﭻﭼﭽﭾﭿﮀﮁﮂ
85:8 އަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ
ﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎ
85:9 އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ
ﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝ
85:10 ހަމަކަށަވަރުން، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، دين ން އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبة ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުށްޓެވެ
ﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
85:11 ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ
ﮮﮯﮰﮱﯓ
85:12 ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ
ﯔﯕﯖﯗﯘ
85:13 ހަމަކަށަވަރުން، ފުރަތަމަ އުފައްދަވަނީވެސް، އަދި އަލުން (ދިރުއްވައި) إعادة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ
ﯙﯚﯛﯜ
85:14 އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ
ﯝﯞﯟﯠ
85:15 عرش ގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ
ﯡﯢﯣﯤ
85:16 އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ
ﯥﯦﯧﯨﯩ
85:17 އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ
ﯪﯫﯬ
85:18 فرعون އާއި، ثمود ބާގައިގެ لشكر ގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
ﯭﯮﯯﯰﯱﯲ
85:19 އަދި ކިއެއްތަ! كافر ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ
ﯳﯴﯵﯶﯷ
85:20 اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ
ﯸﯹﯺﯻﯼ
85:21 اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ
ﯽﯾﯿﰀ
85:22 އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظ ގައިވާ) މާތް قرآن އެވެ

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers