އަލް-ބަޤަރާ · 191/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ ۝١٩١
Waqtuloohum haisu saqif tumoohum wa akhrijoohum min haisu akhrajookum; walfitnatu ashaddu minal qatl; wa laa tuqaatiloohum `indal Majidil Haraami hattaa yaqaatilookum feehi fa in qaatalookum faqtuloohum; kazaalika jazaaa`ul kaafireen
📖 ދިވެހި މާނަ
އަދި ތިޔަބައިމީހުންނަށް އެއުރެން (އެބަހީ: ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުން) ފެނުނު ކޮންމެ ތަނަކުން އެއުރެން قتل ކުރާށެވެ! އަދި އެއުރެން ތިޔަބައިމީހުން ނެރުނުތަނުން ތިޔަބައިމީހުން އެއުރެން ނެރޭށެވެ! އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ. އަދި حرمة ތެރިވެގެންވާ މިސްކިތުގައި އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ! އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފިނަމަ، ތިޔަބައިމީހުންވެސް (ހަނގުރާމަކޮށް) އެއުރެން قتل ކުރާށެވެ! كافر ންގެ ޖަޒާ ވަނީ އެފަދައިންނެވެ
🎧 އަޑު އަހާ

📜 އާޔަތް 189-193 — އަލް-ބަޤަރާ

189۞ يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ ۗ وَلَيْسَ الْبِرُّ بِأَن تَأْتُوا الْبُيُوتَ مِن ظُهُورِهَا وَلَٰكِنَّ الْبِرَّ مَنِ اتَّقَىٰ ۗ وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ
ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި حج ގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ. އަދި ގޭގޭގެ ފުރަގަހުން ވަދެއުޅުން އެއީ ހެޔޮކަމެއް ކަމުގައެއް ނުވެއެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށް تقوى ވެރިވެއްޖެ މީހެކެވެ. އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ
190وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ
ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން اللَّه ގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައިދާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއްނުވެއެވެ
191وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ
އަދި ތިޔަބައިމީހުންނަށް އެއުރެން (އެބަހީ: ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުން) ފެނުނު ކޮންމެ ތަނަކުން އެއުރެން قتل ކުރާށެވެ! އަދި އެއުރެން ތިޔަބައިމީހުން ނެރުނުތަނުން ތިޔަބައިމީހުން އެއުރެން ނެރޭށެވެ! އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ. އަދި حرمة ތެރިވެގެންވާ މިސްކިތުގައި އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ! އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފިނަމަ، ތިޔަބައިމީހުންވެސް (ހަނގުރާމަކޮށް) އެއުރެން قتل ކުރާށެވެ! كافر ންގެ ޖަޒާ ވަނީ އެފަދައިންނެވެ
192فَإِنِ انتَهَوْا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ
ފަހެ، އެއުރެން (ހަނގުރާމަ) ހުއްޓާލައިފިނަމަ، (ތިޔަބައިމީހުންވެސް ހަނގުރާމަ ހުއްޓާލާށެވެ! އަދި ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
193وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ ۖ فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ
އަދި (دين އާ ދެކޮޅަށް އުފައްދާ) فتنة ވެރިކަން ނެތިއްޖައުމަށް ދާނދެން އަދި دين، اللَّه އަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداوة ތެރި ވުމެއް ނެތެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
191އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 191

ސޫރަތު އަލް-ބަޤަރާ އާޔަތް 191 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިޔަބައިމީހުންނަށް އެއުރެން (އެބަހީ: ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުން) ފެނުނު ކޮންމެ ތަނަކުން…

ސޫރަތު އާޔަތް 191/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 189–193. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers