އަލް-ބަޤަރާ · 192/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
فَإِنِ انتَهَوْا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ۝١٩٢
Fa ini-ntahaw fa innal laaha Ghafoorur Raheem
📖 ދިވެހި މާނަ
ފަހެ، އެއުރެން (ހަނގުރާމަ) ހުއްޓާލައިފިނަމަ، (ތިޔަބައިމީހުންވެސް ހަނގުރާމަ ހުއްޓާލާށެވެ! އަދި ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 190-194 — ސޫރަތު އަލް-ބަޤަރާ

190وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ
ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން اللَّه ގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައިދާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއްނުވެއެވެ
191وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ
އަދި ތިޔަބައިމީހުންނަށް އެއުރެން (އެބަހީ: ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުން) ފެނުނު ކޮންމެ ތަނަކުން އެއުރެން قتل ކުރާށެވެ! އަދި އެއުރެން ތިޔަބައިމީހުން ނެރުނުތަނުން ތިޔަބައިމީހުން އެއުރެން ނެރޭށެވެ! އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ. އަދި حرمة ތެރިވެގެންވާ މިސްކިތުގައި އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ! އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފިނަމަ، ތިޔަބައިމީހުންވެސް (ހަނގުރާމަކޮށް) އެއުރެން قتل ކުރާށެވެ! كافر ންގެ ޖަޒާ ވަނީ އެފަދައިންނެވެ
192فَإِنِ انتَهَوْا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ
ފަހެ، އެއުރެން (ހަނގުރާމަ) ހުއްޓާލައިފިނަމަ، (ތިޔަބައިމީހުންވެސް ހަނގުރާމަ ހުއްޓާލާށެވެ! އަދި ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
193وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ ۖ فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ
އަދި (دين އާ ދެކޮޅަށް އުފައްދާ) فتنة ވެރިކަން ނެތިއްޖައުމަށް ދާނދެން އަދި دين، اللَّه އަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداوة ތެރި ވުމެއް ނެތެވެ
194الشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمَاتُ قِصَاصٌ ۚ فَمَنِ اعْتَدَىٰ عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَىٰ عَلَيْكُمْ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ
حرمة ތެރިވެގެންވާ މަހަށް حرمة ތެރިވެގެންވާ މަހެވެ. حرمة ތައް ކަނޑައިފުމަކީ، ބަދަލުހިފުން އޮންނަ ކަމެކެވެ. (އެބަހީ: حرمة ތެރިވެގެންވާ މައްސަރެއްގައި مشرك ން ހަނގުރާމަ ކުޅަފަދައިން، އެފަދަ މައްސަރެއްގައި مشرك ންނާ ހަނގުރާމަ ކުޅައުމަކީ ކުރުން އެންމެ ރަނގަޅު ކަމެކެވެ.) ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ حملة ދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ حملة ދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ حملة ދޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ تقوى ވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
192އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 192

ސޫރަތު އަލް-ބަޤަރާ އާޔަތް 192 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެއުރެން (ހަނގުރާމަ) ހުއްޓާލައިފިނަމަ، (ތިޔަބައިމީހުންވެސް ހަނގުރާމަ ހުއްޓާލާށެވެ! އަދި ދަންނާށެވެ!) ފަހެ،…

ސޫރަތު އާޔަތް 192/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 190–194. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers