އަލް-އަޢްރާފް · 42/206
ތަރުޖަމާ ކިޔެވުން — އަލް-އަޢްރާފް
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ ۝٤٢
Wallazeena aamanoo wa `amilus saalihaati la nukallifu nafsan illaa wus`ahaaa ulaaa`ika Ashaabul jannati hum feehaa khaalidoon
📖 ދިވެހި މާނަ
އަދި إيمان ވެ، صالح عمل ކުޅަމީހުން (ދަންނާށެވެ!) ތިމަންރަސްކަލާނގެ އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަ ވެގެންވާ މިންވަރަކަށް މެނުވީ تكليف އެއް ނުޖައްސަވަމެވެ. އެއުރެންނީ، ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެންނީ، އެތާނގައި ދެމިތިބެނިވި ބަޔެކެވެ
🎧 އަޑު އަހާ

📜 އާޔަތް 40-44 — އަލް-އަޢްރާފް

40إِنَّ الَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ ۚ وَكَذَٰلِكَ نَجْزِي الْمُجْرِمِينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
41لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِي الظَّالِمِينَ
އެއުރެންނަށް ނަރަކައިގެ ދާނެއްވެއެވެ. އަދި އެއުރެންގެ ގައިމަތީ (އަލިފާނުގެ) ސާލުތަކެއްވެއެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
42وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ
އަދި إيمان ވެ، صالح عمل ކުޅަމީހުން (ދަންނާށެވެ!) ތިމަންރަސްކަލާނގެ އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަ ވެގެންވާ މިންވަރަކަށް މެނުވީ تكليف އެއް ނުޖައްސަވަމެވެ. އެއުރެންނީ، ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެންނީ، އެތާނގައި ދެމިތިބެނިވި ބަޔެކެވެ
43وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ تَجْرِي مِن تَحْتِهِمُ الْأَنْهَارُ ۖ وَقَالُوا الْحَمْدُ لِلَّهِ الَّذِي هَدَانَا لِهَٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّهُ ۖ لَقَدْ جَاءَتْ رُسُلُ رَبِّنَا بِالْحَقِّ ۖ وَنُودُوا أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
އަދި އެއުރެންގެ ހިތްތަކުގައިވާ حسد ވެރިކަން، ތިމަންރަސްކަލާނގެ ވަނީ ވަކިކުރައްވާފައެވެ. އެއުރެންގެ ދަށުން ފެންއާރުތައް ހިނގައެވެ. އަދި އެއުރެން ބުނާނެތެވެ. حمد ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި اللَّه އަށެވެ. އަދި اللَّه، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول ން، حق دين އާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިޔަބަައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން އެތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ
44وَنَادَىٰ أَصْحَابُ الْجَنَّةِ أَصْحَابَ النَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا ۖ قَالُوا نَعَمْ ۚ فَأَذَّنَ مُؤَذِّنٌ بَيْنَهُمْ أَن لَّعْنَةُ اللَّهِ عَلَى الظَّالِمِينَ
ސުވަރުގޭގެ أهل ވެރިން، ނަރަކައިގެ أهل ވެރިންނަށް ގޮވައި ބުނާނެތެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް وعد ކުރެއްވި ކަންތައް، حق ގޮތުގައި ހަމަކަށަވަރުންވެސް ތިމަންމެންނަށް ފެނިއްޖެއެވެ. ފަހެ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وعد ކުރެއްވި ކަންތައް، حق ގޮތުގައި ތިޔަބައިމީހުންނަށް ފެނިއްޖެހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އާނއެކެވެ! ފަހެ، (އެހިނދު) ގޮވައިލައްވާ ބޭކަލަކު އެއުރެންގެ މެދުގައި ގޮވައިލައްވާނެތެވެ. އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
42އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 42

ސޫރަތު އަލް-އަޢްރާފް އާޔަތް 42 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި إيمان ވެ، صالح عمل ކުޅަމީހުން (ދަންނާށެވެ!) ތިމަންރަސްކަލާނގެ އެއްވެސް نفس…

ސޫރަތު އާޔަތް 42/206 — އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޢްރާފް އަޑު އަހާ, އަލް-އަޢްރާފް ތަރުޖަމާ, އަލް-އަޢްރާފް mp3, އަލް-އަޢްރާފް pdf. އާޔަތް 40–44. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers