އާލު-ޢިމްރާން · 177/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
إِنَّ الَّذِينَ اشْتَرَوُا الْكُفْرَ بِالْإِيمَانِ لَن يَضُرُّوا اللَّهَ شَيْئًا وَلَهُمْ عَذَابٌ أَلِيمٌ ۝١٧٧
Innal lazeenash tarawul kufra bil eemaani lai yadurrul laaha shai anw wa lahum `azdaabun aleem
📖 ދިވެހި މާނަ
ހަމަކަށަވަރުން، إيمان ކަމުގެ ބަދަލުގައި كافر ކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ
🎧 އަޑު އަހާ

📜 އާޔަތް 175-179 — އާލު-ޢިމްރާން

175إِنَّمَا ذَٰلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ
ހަމަކަށަވަރުން، އެއީ، ހަމަ شيطان އާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، مؤمن ން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ
176وَلَا يَحْزُنكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا اللَّهَ شَيْئًا ۗ يُرِيدُ اللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِي الْآخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ
كافر ވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، އެއްވެސްކަމަކުން އެއުރެންނަކަށް اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އިރާދަކުރައްވަނީ، އެއުރެންނަށް آخرة ގައި އެއްވެސް نصيب އެއް ނުލެއްވުމަށެވެ. އަދި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ
177إِنَّ الَّذِينَ اشْتَرَوُا الْكُفْرَ بِالْإِيمَانِ لَن يَضُرُّوا اللَّهَ شَيْئًا وَلَهُمْ عَذَابٌ أَلِيمٌ
ހަމަކަށަވަރުން، إيمان ކަމުގެ ބަދަލުގައި كافر ކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ
178وَلَا يَحْسَبَنَّ الَّذِينَ كَفَرُوا أَنَّمَا نُمْلِي لَهُمْ خَيْرٌ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِي لَهُمْ لِيَزْدَادُوا إِثْمًا ۚ وَلَهُمْ عَذَابٌ مُّهِينٌ
ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ نفس ތަކަށް ހެޔޮގޮތެއްކަމަށް كافر ވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ
179مَّا كَانَ اللَّهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّهُ لِيُطْلِعَكُمْ عَلَى الْغَيْبِ وَلَٰكِنَّ اللَّهَ يَجْتَبِي مِن رُّسُلِهِ مَن يَشَاءُ ۖ فَآمِنُوا بِاللَّهِ وَرُسُلِهِ ۚ وَإِن تُؤْمِنُوا وَتَتَّقُوا فَلَكُمْ أَجْرٌ عَظِيمٌ
ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާނދެން، اللَّه ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: مؤمن ންނާއި منافق ން އެކުވެ އުޅުމުގެ މައްޗަށް) مؤمن ން ދުލެއް ނުކުރައްވާނެތެވެ. އަދި، غيب ގެ ކަންތައް اللَّه، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ رسول ންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކު خيار ކުރައްވަތެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول ންނަށް إيمان ވާށެވެ! އަދި، ތިޔަބައިމީހުން إيمان ވެ، تقوى ވެރިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
177އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 177

ސޫރަތު އާލު-ޢިމްރާން އާޔަތް 177 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، إيمان ކަމުގެ ބަދަލުގައި كافر ކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން اللَّه އަށް…

ސޫރަތު އާޔަތް 177/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 175–179. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers