އަލް-އަޙްޤާފް · 16/35
ތަރުޖަމާ ކިޔެވުން — އަލް-އަޙްޤާފް
أُولَٰئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَن سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ ۖ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ ۝١٦
Ulaaa`ikal lazeena nata qabbalu `anhum ahsana maa `amiloo wa natajaawazu `an saiyiaatihim feee Ashaabil jannati Wa`das sidqil lazee kaanoo yoo`adoon
📖 ދިވެހި މާނަ
އެއުރެންނީ، އެއުރެން ކުޅަ ހެޔޮކަންބޮޑު عمل ތައް އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ قبول ކުރައްވައި، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ ފުއްސަވައި، ސުވަރުގޭގެ أهل ވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ. (އެއީ) އެއުރެންނަށް وعد ކުރައްވަމުން ގެންދެވި ތެދު وعد އެވެ
🎧 އަޑު އަހާ

📜 އާޔަތް 14-18 — އަލް-އަޙްޤާފް

14أُولَٰئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاءً بِمَا كَانُوا يَعْمَلُونَ
އެއުރެންނީ، ސުވަރުގޭގެ أهل ވެރިންނެވެ. އެތާނގައި، އެއުރެން ދެމިތިބެނިވިގޮތުގައެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކަށް ޖަޒާއެއްކަމުގައެވެ
15وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ
إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ
16أُولَٰئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَن سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ ۖ وَعْدَ الصِّدْقِ الَّذِي كَانُوا يُوعَدُونَ
އެއުރެންނީ، އެއުރެން ކުޅަ ހެޔޮކަންބޮޑު عمل ތައް އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ قبول ކުރައްވައި، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ ފުއްސަވައި، ސުވަރުގޭގެ أهل ވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ. (އެއީ) އެއުރެންނަށް وعد ކުރައްވަމުން ގެންދެވި ތެދު وعد އެވެ
17وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَّكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتِ الْقُرُونُ مِن قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ
އެމީހެއްގެ މައިންބަފައިންނާ ދިމާޔަށް ތިޔަ ދެމީހުންނަށް ނުބައިކަންހުށްޓޭ ބުނިމީހާ (ދަންނާށެވެ!) ތިމަންގެކުރިން އެތައް ޖީލެއް ފާއިތުވެގޮސްފައިވާއިރު (ކަށްވަޅުން) ތިމަން ނެރުއްވާނެކަމަށް، ތިޔަ ދެމީހުން ތިމަންނައަށް وعد ކުރަނީ ހެއްޔެވެ؟ اللَّه ގެ حضرة ން ސަލާމަތަށްއެދި، އެދެމީހުން دعاء ކުރަމުން (ބުނެތެވެ.) ކަލެޔަށް ހަލާކުހުށްޓެވެ! ކަލޭ ނިކަން إيمان ވެބަލާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، އޭނާ ބުނެތެވެ. ތިޔައީ އެވޭލާމީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތައް ކަމުގައި މެނުވީ ނުވެތެވެ
18أُولَٰئِكَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ ۖ إِنَّهُمْ كَانُوا خَاسِرِينَ
ޖިންނީންނާއި، އިންސީންގެ ތެރެއިން، އެއުރެންގެކުރިން އިސްވެދިޔަ أمّة ތަކުގެ ތެރޭގައި ކޯފާގެ ބަސްފުޅު حق ވި މީހުންނީ، އެއުރެންނެވެ. ހަމަކަށަވަރުން، ގެއްލެނިވެގެންވާ ބަޔަކުކަމުގައި އެއުރެންވޫއެވެ
އަލް-އަޙްޤާފްޤުރުއާން ފިހުރިސްތު
35އާޔަތް
MeccanRevelation
16އާޔަތް

ތަރުޖަމާ — އަލް-އަޙްޤާފް 16

ސޫރަތު އަލް-އަޙްޤާފް އާޔަތް 16 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންނީ، އެއުރެން ކުޅަ ހެޔޮކަންބޮޑު عمل ތައް އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ قبول…

ސޫރަތު އާޔަތް 16/35 — އަލް-އަޙްޤާފް الأحقاف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޙްޤާފް އަޑު އަހާ, އަލް-އަޙްޤާފް ތަރުޖަމާ, އަލް-އަޙްޤާފް mp3, އަލް-އަޙްޤާފް pdf. އާޔަތް 14–18. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers