އަލް-މުޖާދިލާ · 16/22
ތަރުޖަމާ ކިޔެވުން — އަލް-މުޖާދިލާ
اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَن سَبِيلِ اللَّهِ فَلَهُمْ عَذَابٌ مُّهِينٌ ۝١٦
Ittakhazooo aymaanahum junnatan fasaddoo `an sabeelil laahi falahum `azaabum muheen
📖 ދިވެހި މާނަ
އެއުރެންގެ ހުވާތަކަކީ އައްޑަނަތަކެއްކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރޫއެވެ. ފަހެ، އެއުރެންނަށް އިހާނަތްތެރިކަންދެނިވި عذاب ހުށްޓެވެ
🎧 އަޑު އަހާ

📜 އާޔަތް 14-18 — އަލް-މުޖާދިލާ

14۞ أَلَمْ تَرَ إِلَى الَّذِينَ تَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى الْكَذِبِ وَهُمْ يَعْلَمُونَ
اللَّه، އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ ބަޔަކު އެކުވެރި رحمة ތެރިން ކަމުގައި ހެދިމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެއީ ތިޔަބައިމީހުންގެެ ތެރެއިންވާ ބަޔެއްނޫނެވެ. އަދި އެއުރެންގެ ތެރެއިންވެސް ހިމެނޭ ބަޔެއްނޫނެވެ. އަދި އެއުރެން ދެނެދެނެތިބެ، ދޮގުގެ މައްޗަށް ހުވާކުރެތެވެ
15أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ
اللَّه، އެއުރެންނަށްޓަކައި ގަދަވެގެންވާ عذاب އެއް ތައްޔާރުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ
16اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَن سَبِيلِ اللَّهِ فَلَهُمْ عَذَابٌ مُّهِينٌ
އެއުރެންގެ ހުވާތަކަކީ އައްޑަނަތަކެއްކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރޫއެވެ. ފަހެ، އެއުރެންނަށް އިހާނަތްތެރިކަންދެނިވި عذاب ހުށްޓެވެ
17لَّن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُم مِّنَ اللَّهِ شَيْئًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
އެއުރެންގެ މުދަލެއްވެސް، އަދި އެއުރެންގެ ދަރިންނެއްވެސް اللَّه ގެ حضرة ން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދޭނެތެވެ. އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ
18يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَيْءٍ ۚ أَلَا إِنَّهُمْ هُمُ الْكَاذِبُونَ
اللَّه، އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަހު، އެއުރެން ތިޔަބައިމީހުންގެ ގާތުގައި (މިއަދު) ހުވާކޮށްއުޅޭ ފަދައިން އެކަލާނގެ حضرة ގައިވެސް އެއުރެން ހުވާކުރާނެތެވެ. އަދި (ފައިދާކުރާނޭ) އެއްޗެއްގެ މަތީގައި އެއުރެންވާކަމަށް އެއުރެން ހީކުރެއެވެ. ދަންނާށެވެ! ހަމަކަށަވަރުން އެއުރެންނީ ހަމަ، ދޮގުވެރިންނެވެ
އަލް-މުޖާދިލާޤުރުއާން ފިހުރިސްތު
22އާޔަތް
MedinanRevelation
16އާޔަތް

ތަރުޖަމާ — އަލް-މުޖާދިލާ 16

ސޫރަތު އަލް-މުޖާދިލާ އާޔަތް 16 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ ހުވާތަކަކީ އައްޑަނަތަކެއްކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން اللَّه ގެ މަގުން…

ސޫރަތު އާޔަތް 16/22 — އަލް-މުޖާދިލާ المجادلة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މުޖާދިލާ އަޑު އަހާ, އަލް-މުޖާދިލާ ތަރުޖަމާ, އަލް-މުޖާދިލާ mp3, އަލް-މުޖާދިލާ pdf. އާޔަތް 14–18. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers