އަލް-ބަޤަރާ · 203/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
۞ وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ ۚ فَمَن تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَا إِثْمَ عَلَيْهِ ۚ لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ ۝٢٠٣
Wazkurul laaha feee ayyaamim ma`doodaat; faman ta`ajjala fee yawmaini falaaa ismaa `alaihi wa man taakhkhara falaaa isma `alayh; limanit-taqaa; wattaqul laaha wa`lamooo annakum ilaihi tuhsharoon
📖 ދިވެހި މާނަ
عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައި اللَّه ހަނދުމަކޮށް (تكبير ކިޔައި) އުޅޭށެވެ! ފަހެ، ދެ ދުވަހުގެ ތެރޭގައި (އެކަން ނިންމައި އެނބުރި ދިޔުމަށް) އަވަސްވެގަތްމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާގެ މައްޗަކަށްވެސް ފާފައެއް ނެތެވެ. އެއީ، تقوى ވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން محشر އަށް ފޮނުއްވާނީ، އެކަލާނގެ حضرة އަށް ކަން، ތިޔަބައިމީހުން ދަންނާށެވެ

🎧 އަޑު އަހާ


📜 އާޔަތް 201-205 — ސޫރަތު އަލް-ބަޤަރާ

201وَمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
އަދި [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ] އޭ ކިޔައި، دعاء ކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ
202أُولَٰئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُوا ۚ وَاللَّهُ سَرِيعُ الْحِسَابِ
އެއުރެން ހޯދި ހެޔޮކަމުގެ نصيب އެއުރެންނަށް ހުށްޓެވެ. اللَّه އީ، حساب ބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ
203۞ وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ ۚ فَمَن تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَا إِثْمَ عَلَيْهِ ۚ لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ
عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައި اللَّه ހަނދުމަކޮށް (تكبير ކިޔައި) އުޅޭށެވެ! ފަހެ، ދެ ދުވަހުގެ ތެރޭގައި (އެކަން ނިންމައި އެނބުރި ދިޔުމަށް) އަވަސްވެގަތްމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާގެ މައްޗަކަށްވެސް ފާފައެއް ނެތެވެ. އެއީ، تقوى ވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން محشر އަށް ފޮނުއްވާނީ، އެކަލާނގެ حضرة އަށް ކަން، ތިޔަބައިމީހުން ދަންނާށެވެ
204وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ
دنيوى حياة އާމެދު އެމީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް اللَّه ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ
205وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّهُ لَا يُحِبُّ الْفَسَادَ
އަދި އެމީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި فساد އުފެއްދުމަށްޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށްޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. اللَّه، فساد ވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
203އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 203

ސޫރަތު އަލް-ބަޤަރާ އާޔަތް 203 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : عدد ކަނޑައެޅިގެންވާ ދުވަސްތަކެއްގައި اللَّه ހަނދުމަކޮށް (تكبير ކިޔައި) އުޅޭށެވެ! ފަހެ، ދެ…

ސޫރަތު އާޔަތް 203/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 201–205. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers