ސަބައް · 19/54
ތަރުޖަމާ ކިޔެވުން — ސަބައް
فَقَالُوا رَبَّنَا بَاعِدْ بَيْنَ أَسْفَارِنَا وَظَلَمُوا أَنفُسَهُمْ فَجَعَلْنَاهُمْ أَحَادِيثَ وَمَزَّقْنَاهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ ۝١٩
Faqaaloo Rabbanaa baa`id baina asfaarinaa wa zalamooo anfusahum faja`alnaahum ahaadeesa wa mazzaq naahum kulla mumazzaq; inna fee zaalika la Aayaatil likulli sabbaarin shakoor
📖 ދިވެހި މާނަ
ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށް ތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން شكر ވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ

🎧 އަޑު އަހާ


📜 އާޔަތް 17-21 — ސަބައް

17ذَٰلِكَ جَزَيْنَاهُم بِمَا كَفَرُوا ۖ وَهَلْ نُجَازِي إِلَّا الْكَفُورَ
އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން كافر ވުމުގެ ސަބަބުންނެވެ. كافر ވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟
18وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا السَّيْرَ ۖ سِيرُوا فِيهَا لَيَالِيَ وَأَيَّامًا آمِنِينَ
އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި بركات ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ حال، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ
19فَقَالُوا رَبَّنَا بَاعِدْ بَيْنَ أَسْفَارِنَا وَظَلَمُوا أَنفُسَهُمْ فَجَعَلْنَاهُمْ أَحَادِيثَ وَمَزَّقْنَاهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ
ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށް ތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން شكر ވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ
20وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ
ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمن ންކުރެ ބަޔަކުމެނުވީ، އެ އެންމެން، إبليس އާ تبع ވޫއެވެ
21وَمَا كَانَ لَهُ عَلَيْهِم مِّن سُلْطَانٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِالْآخِرَةِ مِمَّنْ هُوَ مِنْهَا فِي شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَيْءٍ حَفِيظٌ
އަދި آخرة އަށް إيمان ވާ މީހުންނާއި، آخرة އާމެދު شك ކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެން، އެކަން ހާމަކުރެއްވުމަށްޓަކައިމެނުވީ، އެއުރެންގެ މައްޗަށް އެއްވެސް ބާރެއް، އެ إبليس އަކަށް ލިބިގެނެއް ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއްގެމައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
19އާޔަތް

ތަރުޖަމާ — ސަބައް 19

ސޫރަތު ސަބައް އާޔަތް 19 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް…

ސޫރަތު އާޔަތް 19/54 — ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސަބައް އަޑު އަހާ, ސަބައް ތަރުޖަމާ, ސަބައް mp3, ސަބައް pdf. އާޔަތް 17–21. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers