ސަބައް · 20/54
ތަރުޖަމާ ކިޔެވުން — ސޫރަތު ސަބައް
وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ ۝٢٠
Wa laqad saddaq `alaihim Ibleesu zannnabhoo fattaba`oohu illaa fareeqam minal mu`mineen
📖 ދިވެހި މާނަ
ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمن ންކުރެ ބަޔަކުމެނުވީ، އެ އެންމެން، إبليس އާ تبع ވޫއެވެ

🎧 އަޑު އަހާ


📜 އާޔަތް 18-22 — ސޫރަތު ސަބައް

18وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا السَّيْرَ ۖ سِيرُوا فِيهَا لَيَالِيَ وَأَيَّامًا آمِنِينَ
އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި بركات ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ حال، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ
19فَقَالُوا رَبَّنَا بَاعِدْ بَيْنَ أَسْفَارِنَا وَظَلَمُوا أَنفُسَهُمْ فَجَعَلْنَاهُمْ أَحَادِيثَ وَمَزَّقْنَاهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ
ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށް ތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން شكر ވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ
20وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ
ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمن ންކުރެ ބަޔަކުމެނުވީ، އެ އެންމެން، إبليس އާ تبع ވޫއެވެ
21وَمَا كَانَ لَهُ عَلَيْهِم مِّن سُلْطَانٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِالْآخِرَةِ مِمَّنْ هُوَ مِنْهَا فِي شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَيْءٍ حَفِيظٌ
އަދި آخرة އަށް إيمان ވާ މީހުންނާއި، آخرة އާމެދު شك ކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެން، އެކަން ހާމަކުރެއްވުމަށްޓަކައިމެނުވީ، އެއުރެންގެ މައްޗަށް އެއްވެސް ބާރެއް، އެ إبليس އަކަށް ލިބިގެނެއް ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއްގެމައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
22قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް شريك ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ذرّ އެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
20އާޔަތް

ތަރުޖަމާ — ސަބައް 20

ސޫރަތު ސަބައް އާޔަތް 20 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، إبليس، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، مؤمن ންކުރެ…

ސޫރަތު އާޔަތް 20/54 — ސޫރަތު ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ސަބައް އަޑު އަހާ, ސޫރަތު ސަބައް ތަރުޖަމާ, ސޫރަތު ސަބައް mp3, ސޫރަތު ސަބައް pdf. އާޔަތް 18–22. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers