އަތް-ތައުބާ · 46/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
۞ وَلَوْ أَرَادُوا الْخُرُوجَ لَأَعَدُّوا لَهُ عُدَّةً وَلَٰكِن كَرِهَ اللَّهُ انبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ اقْعُدُوا مَعَ الْقَاعِدِينَ ۝٤٦
Wa law araadul khurooja la-`addoo lahoo `uddatanw wa laakin karihal laahum bi`aasahum fasabbatahum wa qeelaq `udoo ma`al qaa`ideen
📖 ދިވެހި މާނަ
އެއުރެން (ހަނގުރާމައަށް) ނުކުތުމަށް އެދޭނަމަ، އެކަމަށް ހަތިޔާރާއި، ތަކެތި އެއުރެން ތައްޔާރުކުރީހެވެ. އެހެނެއްކަމަކު (ކަލޭގެފާނުގެ އަރިހުގައި) އެއުރެން ނުކުތުމަށް، اللَّه ނުރުއްސަވައިފިއެވެ. ދެން އެއުރެންގެ ހިތްވަރު ދެރަކުރައްވައި، ކަންނެތް ކުރެއްވިއެވެ. އަދި (ހަނގުރާމައަށް ނުގޮސް) އިށީނދެ ތިބޭ މީހުންނާއެކު، ތިޔަބައިމީހުން ތިބޭށޭ އެންގެވިއެވެ

🎧 އަޑު އަހާ


📜 އާޔަތް 44-48 — އަތް-ތައުބާ

44لَا يَسْتَأْذِنُكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أَن يُجَاهِدُوا بِأَمْوَالِهِمْ وَأَنفُسِهِمْ ۗ وَاللَّهُ عَلِيمٌ بِالْمُتَّقِينَ
اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރުމުން އެއްކިބާވެތިބުމަށް ކަލޭގެފާނުގެ އަރިހުން إذن އަކަށް ނޭދޭނެތެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
45إِنَّمَا يَسْتَأْذِنُكَ الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ
(ހަނގުރާމައަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދެނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ މީހުންކަން ކަށަވަރެވެ. އަދި އެއުރެންގެ ހިތްތަކުގައި، شك ހިނގާ މީހުންނެވެ. ފަހެ، އެއުރެންގެ شك ކަމުގެ ތެރޭގައި، އެއުރެން ދެއަތަށް ކިރިކިރި ތިބެތެވެ
46۞ وَلَوْ أَرَادُوا الْخُرُوجَ لَأَعَدُّوا لَهُ عُدَّةً وَلَٰكِن كَرِهَ اللَّهُ انبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ اقْعُدُوا مَعَ الْقَاعِدِينَ
އެއުރެން (ހަނގުރާމައަށް) ނުކުތުމަށް އެދޭނަމަ، އެކަމަށް ހަތިޔާރާއި، ތަކެތި އެއުރެން ތައްޔާރުކުރީހެވެ. އެހެނެއްކަމަކު (ކަލޭގެފާނުގެ އަރިހުގައި) އެއުރެން ނުކުތުމަށް، اللَّه ނުރުއްސަވައިފިއެވެ. ދެން އެއުރެންގެ ހިތްވަރު ދެރަކުރައްވައި، ކަންނެތް ކުރެއްވިއެވެ. އަދި (ހަނގުރާމައަށް ނުގޮސް) އިށީނދެ ތިބޭ މީހުންނާއެކު، ތިޔަބައިމީހުން ތިބޭށޭ އެންގެވިއެވެ
47لَوْ خَرَجُوا فِيكُم مَّا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا خِلَالَكُمْ يَبْغُونَكُمُ الْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ
އެއުރެން ތިޔަބައިމީހުންގެ ތެރޭގައި (ހަނގުރާމައަށް) ނުކުތްނަމަ، ފަސާދަވެރިކަން ނޫންކަމެއް ތިޔަބައިމީހުންނަށް އެއުރެން އިތުރެއް ނުކުޅައީހެވެ. އަދި ތިޔަބައިމީހުންނަށް ފިތުނަވެރިކަން އެދިގެން ތިޔަބައިމީހުންގެ ތެރޭގައި މަސައްކަތް ކުޅައުމަށް އަވަސްވެގަތީހެވެ. އެއުރެން ދައްކާ ވާހަކަ އަހާ މީހުންވެސް ތިޔަބައިމީހުންގެ ތެރޭގައިވެއެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
48لَقَدِ ابْتَغَوُا الْفِتْنَةَ مِن قَبْلُ وَقَلَّبُوا لَكَ الْأُمُورَ حَتَّىٰ جَاءَ الْحَقُّ وَظَهَرَ أَمْرُ اللَّهِ وَهُمْ كَارِهُونَ
ކުރިންވެސް އެއުރެން ފިތުނަވެރިކަމަށް އެދިގެން އުޅުނުކަން ކަށަވަރެވެ. އަދި اللَّه ގެ أمر ފުޅު ފާޅުވެ، حق ބަސްފުޅު އަތުވެއްޖައުމަށްދާނދެން، އެއުރެން (އެކަމަށް) ނުރުހޭ حال ގައި، ކަލޭގެފާނަށް ކެހިދިނުމުގެ ކަންތައް އެއުރެން ރާވައި އުޅުނޫއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
46އާޔަތް

ތަރުޖަމާ — އަތް-ތައުބާ 46

ސޫރަތު އަތް-ތައުބާ އާޔަތް 46 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން (ހަނގުރާމައަށް) ނުކުތުމަށް އެދޭނަމަ، އެކަމަށް ހަތިޔާރާއި، ތަކެތި އެއުރެން ތައްޔާރުކުރީހެވެ. އެހެނެއްކަމަކު…

ސޫރަތު އާޔަތް 46/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 44–48. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers