އަލް-ކަހްފު · 7/110
ތަރުޖަމާ ކިޔެވުން — އަލް-ކަހްފު
إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ۝٧
Innaa ja`alnaa ma `alal ardi zeenatal lahaa linabluwahum ayyuhum ahsanu `amalaa
📖 ދިވެހި މާނަ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައިވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށެވެ
🎧 އަޑު އަހާ

📜 އާޔަތް 5-9 — އަލް-ކަހްފު

5مَّا لَهُم بِهِ مِنْ عِلْمٍ وَلَا لِآبَائِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا
އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް علم އެއް ލިބިފައެއް ނުވެއެވެ. އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ! އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ
6فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَٰذَا الْحَدِيثِ أَسَفًا
އެއުރެން މި قرآن އަށް إيمان ނުވިނަމަ، އެއުރެން ކަލޭގެފާނަށް މޫނުއަނބުރާލައި ދިޔަކަމުގެ މައްޗަށް ހިތާމައިން ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ؟ (އެބަހީ: އެހެން ނުހައްދަވާށެވެ)
7إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައިވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށެވެ
8وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا
އަދި ހަމަކަށަވަރުން، އެ ބިންމަތީގައިވާހާ ތަކެތި (ނެތިކުރައްވައި) ގަހެއް ރުކެއް ނެތް ހަނަފަސް ބިމެއްކަމުގައި ލައްވާހުށީމެވެ
9أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا
އަދި ކިއެއްތަ! كهف ބާގައިމީހުންނާއި، އެއުރެންގެ ނަންތަކާއި އެއުރެންގެ خبر ތައް ލިޔެވިފައިވާ ފިލާގެ ވާހަކައަކީ، ތިމަންރަސްކަލާނގެ آية ތަކުގެ ތެރެއިން عجائب އަކަށްވީކަމުގައި، ކަލޭގެފާނު ހީފުޅުކުރެއްވީ ހެއްޔެވެ؟
އަލް-ކަހްފުޤުރުއާން ފިހުރިސްތު
110އާޔަތް
MeccanRevelation
7އާޔަތް

ތަރުޖަމާ — އަލް-ކަހްފު 7

ސޫރަތު އަލް-ކަހްފު އާޔަތް 7 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައިވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ…

ސޫރަތު އާޔަތް 7/110 — އަލް-ކަހްފު الكهف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ކަހްފު އަޑު އަހާ, އަލް-ކަހްފު ތަރުޖަމާ, އަލް-ކަހްފު mp3, އަލް-ކަހްފު pdf. އާޔަތް 5–9. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers