އާލު-ޢިމްރާން · 15/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
۞ قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ اتَّقَوْا عِندَ رَبِّهِمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُّطَهَّرَةٌ وَرِضْوَانٌ مِّنَ اللَّهِ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ ۝١٥
Qul a`unabbi `ukum bikhairim min zaalikum; lillazeenat taqaw `inda Rabbihim jannaatun tajree min tahtihal anhaaru khaalideena feehaa wa azwaajum mutahharatunw wa ridwaanum minal laah; wallaahu baseerum bil`ibaad
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހައިތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަންހެއްޔެވެ؟ (އެއީ) تقوى ވެރިވި މީހުންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގައިހުރެތެވެ. އެ ސުވަރުގެތަކުގައި، ދެމިތިބޭ حال ގަޔެވެ. އަދި، طاهر ވެގެންވާ އަނބިންތަކެއްވެސް (އެއުރެންނަށް) ހުށްޓެވެ. އަދި، اللَّه ގެ حضرة ން ރުއްސެވުން (އެއުރެންނަށް) ހުށްޓެވެ. اللَّه އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 13-17 — އާލު-ޢިމްރާން

13قَدْ كَانَ لَكُمْ آيَةٌ فِي فِئَتَيْنِ الْتَقَتَا ۖ فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْيَ الْعَيْنِ ۚ وَاللَّهُ يُؤَيِّدُ بِنَصْرِهِ مَن يَشَاءُ ۗ إِنَّ فِي ذَٰلِكَ لَعِبْرَةً لِّأُولِي الْأَبْصَارِ
(بدر ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި، ހަމަކަށަވަރުން، ތިޔަބަައިމީހުންނަށް عبرة އެއްވެއެވެ. އެއްބަޔަކީ اللَّه ގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ كافر ބަޔެކެވެ. އެއުރެންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި، مسلم ން ފެންނަނީ، އެއުރެންގެ ދެގުނަޔަށެވެ. اللَّه، އެކަލާނގެ نصر ން ވާގިދެއްވަނީ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއްވާކަން يقين އެވެ
14زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ مَتَاعُ الْحَيَاةِ الدُّنْيَا ۖ وَاللَّهُ عِندَهُ حُسْنُ الْمَآبِ
އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جمل އާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް زينة ތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّه ގެ حضرة ގައެވެ
15۞ قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ اتَّقَوْا عِندَ رَبِّهِمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُّطَهَّرَةٌ وَرِضْوَانٌ مِّنَ اللَّهِ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ
ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހައިތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަންހެއްޔެވެ؟ (އެއީ) تقوى ވެރިވި މީހުންނަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގައިހުރެތެވެ. އެ ސުވަރުގެތަކުގައި، ދެމިތިބޭ حال ގަޔެވެ. އަދި، طاهر ވެގެންވާ އަނބިންތަކެއްވެސް (އެއުރެންނަށް) ހުށްޓެވެ. އަދި، اللَّه ގެ حضرة ން ރުއްސެވުން (އެއުރެންނަށް) ހުށްޓެވެ. اللَّه އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
16الَّذِينَ يَقُولُونَ رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ
އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ
17الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ
(އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّه އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި دعاء ކުރާ މީހުންނެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
15އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 15

ސޫރަތު އާލު-ޢިމްރާން އާޔަތް 15 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހައިތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު…

ސޫރަތު އާޔަތް 15/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 13–17. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers