އަލް-އަންފާލް · 52/75
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންފާލް
كَدَأْبِ آلِ فِرْعَوْنَ ۙ وَالَّذِينَ مِن قَبْلِهِمْ ۚ كَفَرُوا بِآيَاتِ اللَّهِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ ۗ إِنَّ اللَّهَ قَوِيٌّ شَدِيدُ الْعِقَابِ ۝٥٢
Kadaabi Aali Fir`awna wal lazeena min qablihim; kafaroo bi Aayaatil laahi fa akhazahu mul laahu bizunoobihim; innal laaha qawiyyun shadeedul `iqaab
📖 ދިވެހި މާނަ
(އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އެއުރެންގެ ކުރިންއުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެއުރެންވެސް اللَّه ގެ آية ތަކަށް كافر ވިއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން اللَّه އެއުރެން ހަލާކު ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 50-54 — ސޫރަތު އަލް-އަންފާލް

50وَلَوْ تَرَىٰ إِذْ يَتَوَفَّى الَّذِينَ كَفَرُوا ۙ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُوا عَذَابَ الْحَرِيقِ
ملائكة ން، كافر ވި މީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއި، ބުރިކަށި ތަކުގައި އެ ملائكة ން ތަޅުއްވާ حال ގައެވެ. އަދި (އެހިނދު އެ ملائكة ން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދައަނދާހުރި އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށެވެ
51ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ
އެއީ ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިިގެންވާ ކަލަކު ކަމުގައި ނުވެތެވެ
52كَدَأْبِ آلِ فِرْعَوْنَ ۙ وَالَّذِينَ مِن قَبْلِهِمْ ۚ كَفَرُوا بِآيَاتِ اللَّهِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ ۗ إِنَّ اللَّهَ قَوِيٌّ شَدِيدُ الْعِقَابِ
(އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އެއުރެންގެ ކުރިންއުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެއުރެންވެސް اللَّه ގެ آية ތަކަށް كافر ވިއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން اللَّه އެއުރެން ހަލާކު ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ
53ذَٰلِكَ بِأَنَّ اللَّهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۙ وَأَنَّ اللَّهَ سَمِيعٌ عَلِيمٌ
އެއީ ބަޔަކުމީހުންނަށް اللَّه ދެއްވާފައިވާ نعمة އެއް، އެބަޔަކުގެ އަމިއްލަ نفس ތަކުގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
54كَدَأْبِ آلِ فِرْعَوْنَ ۙ وَالَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا بِآيَاتِ رَبِّهِمْ فَأَهْلَكْنَاهُم بِذُنُوبِهِمْ وَأَغْرَقْنَا آلَ فِرْعَوْنَ ۚ وَكُلٌّ كَانُوا ظَالِمِينَ
(އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އެއުރެންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެއުރެންވެސް، އެއުރެންގެ ވެރިރަސްކަލާނގެ آية ތައް ދޮގުކުޅައޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. އަދި فرعون ގެމީހުން غرق ކުރެއްވީމެވެ. އެ އެންމެންވީ، އަނިޔާވެރިން ކަމުގައެވެ
އަލް-އަންފާލްޤުރުއާން ފިހުރިސްތު
75އާޔަތް
MedinanRevelation
52އާޔަތް

ތަރުޖަމާ — އަލް-އަންފާލް 52

ސޫރަތު އަލް-އަންފާލް އާޔަތް 52 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އެއުރެންގެ ކުރިންއުޅުނު (ނުބައި) މީހުންގެ…

ސޫރަތު އާޔަތް 52/75 — ސޫރަތު އަލް-އަންފާލް الأنفال (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންފާލް އަޑު އަހާ, ސޫރަތު އަލް-އަންފާލް ތަރުޖަމާ, ސޫރަތު އަލް-އަންފާލް mp3, ސޫރަތު އަލް-އަންފާލް pdf. އާޔަތް 50–54. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers