PDF —
15 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އައް-ޝަމްސު pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އައް-ޝަމްސު pdf ދިވެހި — ޑައުންލޯޑް ސޫރަތު އައް-ޝަމްސު ތަރުޖަމާ. ސޫރަތު އައް-ޝަމްސު (Meccan) 15 އާޔަތް.

→ އަލް-ބަލަދުސޫރަތު އައް-ޝަމްސު އަލް-ލައިލް ←


15 އާޔަތް · Meccan · ދިވެހި
bismillah
ﭜﭝﭞ
91:1 އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ
ﭟﭠﭡﭢ
91:2 އަދި ހަނދު އޭގެ ފަހަތުންދާހިނދު ހަނދު، ގަންދެއްވަމެވެ
ﭣﭤﭥﭦ
91:3 އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ
ﭧﭨﭩﭪ
91:4 އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
ﭫﭬﭭﭮ
91:5 އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ
ﭯﭰﭱﭲ
91:6 އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ
ﭳﭴﭵﭶ
91:7 އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ
ﭷﭸﭹﭺ
91:8 ފަހެ، އެކަލާނގެ އެ نفس އަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ
ﭻﭼﭽﭾﭿ
91:9 އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ
ﮀﮁﮂﮃﮄ
91:10 އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ
ﮅﮆﮇﮈ
91:11 ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ
ﮉﮊﮋﮌ
91:12 އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ
ﮍﮎﮏﮐﮑﮒﮓﮔ
91:13 ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ
ﮕﮖﮗﮘﮙﮚﮛﮜ
91:14 ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ
ﮝﮞﮟﮠ
91:15 އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers