ޔޫނުސް · 27/109
ތަރުޖަމާ ކިޔެވުން — ޔޫނުސް
وَالَّذِينَ كَسَبُوا السَّيِّئَاتِ جَزَاءُ سَيِّئَةٍ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ اللَّهِ مِنْ عَاصِمٍ ۖ كَأَنَّمَا أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ اللَّيْلِ مُظْلِمًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ۝٢٧
Wallazeena kasabus saiyi aati jazaaa`u saiyi`atim bimislihaa wa tarhaquhum zillah; maa lahum minal laahi min `aasimin ka annamaaa ughshiyat wujoohuhum qita `am minal laili muzlimaa; ulaaa`ika Ashaabun Naari hum feeha khaalidoon
📖 ދިވެހި މާނަ
އަދި ނުބައި عمل ތައް ކުރި މީހުންނަށްހުރީ، ކޮންމެ ނުބައިކަމަކަށް އެފަދަ ޖަޒާއެވެ. އަދި އެއުރެންގެ މައްޗަށް ފެތުރިފައިވަނީ ނިކަމެތިކަމެވެ. اللَّه ގެ عذاب ން ރައްކާތެރިކުރާނޭ އެއްވެސް ފަރާތެއް އެއުރެންނަކަށް ނުވެއެވެ. އެއުރެންގެ މޫނުތައް، ކަޅު އަނދިރި ރޭގަނޑުން ބައެއްލައްވައި ނިވާކުރައްވާފައިވާ ކަހަލައެވެ. އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ

🎧 އަޑު އަހާ


📜 އާޔަތް 25-29 — ޔޫނުސް

25وَاللَّهُ يَدْعُو إِلَىٰ دَارِ السَّلَامِ وَيَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
اللَّه ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެކަލާނގެ މަގު ދައްކަވަތެވެ
26۞ لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ
ހެޔޮ عمل ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّه ގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ أهل ވެރިންނެވެ. އެެއުރެން އެތާނގައި ދެމިތިބޭ ހުށްޓެވެ
27وَالَّذِينَ كَسَبُوا السَّيِّئَاتِ جَزَاءُ سَيِّئَةٍ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ اللَّهِ مِنْ عَاصِمٍ ۖ كَأَنَّمَا أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ اللَّيْلِ مُظْلِمًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
އަދި ނުބައި عمل ތައް ކުރި މީހުންނަށްހުރީ، ކޮންމެ ނުބައިކަމަކަށް އެފަދަ ޖަޒާއެވެ. އަދި އެއުރެންގެ މައްޗަށް ފެތުރިފައިވަނީ ނިކަމެތިކަމެވެ. اللَّه ގެ عذاب ން ރައްކާތެރިކުރާނޭ އެއްވެސް ފަރާތެއް އެއުރެންނަކަށް ނުވެއެވެ. އެއުރެންގެ މޫނުތައް، ކަޅު އަނދިރި ރޭގަނޑުން ބައެއްލައްވައި ނިވާކުރައްވާފައިވާ ކަހަލައެވެ. އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ
28وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا مَكَانَكُمْ أَنتُمْ وَشُرَكَاؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَاؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ
ތިމަންރަސްކަލާނގެ އެއުރެން އެންމެން އެއްތަނަކަށް އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) ދެން شريك ކުޅަ މީހުންނަށް، ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުންނާއި، ތިޔަބައިމީހުން شريك ކުޅަ ތަކެތި ތިބިތާނގައި ތިބޭށެވެ! ފަހެ، އެއުރެންގެ މެދުގައިވާ ގުޅުންތައް ތިމަންރަސްކަލާނގެ ވަނީ ކަނޑުއްވައި ވަކިކުރައްވާފައެވެ. އަދި އެއުރެން شريك ކުޅަ ތަކެތި ބުނާނެތެވެ. ތިޔަބައިމީހުން އަޅުކަންކޮށް އުޅުނީ ތިމަންމެންނަކަށް ނޫނެވެ
29فَكَفَىٰ بِاللَّهِ شَهِيدًا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَافِلِينَ
ފަހެ، ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކަކަށް اللَّه ފުދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުޅަ އަޅުކަމުން ތިމަންމެންވަނީ غافل ވެގެންނެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
27އާޔަތް

ތަރުޖަމާ — ޔޫނުސް 27

ސޫރަތު ޔޫނުސް އާޔަތް 27 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ނުބައި عمل ތައް ކުރި މީހުންނަށްހުރީ، ކޮންމެ ނުބައިކަމަކަށް އެފަދަ ޖަޒާއެވެ.…

ސޫރަތު އާޔަތް 27/109 — ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޔޫނުސް އަޑު އަހާ, ޔޫނުސް ތަރުޖަމާ, ޔޫނުސް mp3, ޔޫނުސް pdf. އާޔަތް 25–29. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers