އަރް-ރަޢްދު · 32/43
ތަރުޖަމާ ކިޔެވުން — ސޫރަތު އަރް-ރަޢްދު
وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ ۝٣٢
Wa laqadis tuhzi`a bi Rusulim min qablika fa amlaitu lillazeena kafaroo summa akhaztuhum fakaifa kaana `iqaab
📖 ދިވެހި މާނަ
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، رسول ންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، كافر ވި މީހުންނަށް ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟

🎧 އަޑު އަހާ


📜 އާޔަތް 30-34 — ސޫރަތު އަރް-ރަޢްދު

30كَذَٰلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِن قَبْلِهَا أُمَمٌ لِّتَتْلُوَ عَلَيْهِمُ الَّذِي أَوْحَيْنَا إِلَيْكَ وَهُمْ يَكْفُرُونَ بِالرَّحْمَٰنِ ۚ قُلْ هُوَ رَبِّي لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ
އެފަދައިން ތިމަންރަސްކަލާނގެ ކަލޭގެފާނު أمّة އެއްގެތެރެއަށް ފޮނުއްވީމެވެ. އެ أمّة ގެ ކުރީގައި، އެތައް أمّة ތަކެއް ނިމިގޮސްފައިވެއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް އިއްވެވި وحى އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވުމަށްޓަކައެވެ. (ނަމަވެސް) އެއުރެން رحمن ވަންތަ ރަސްކަލާނގެއަށް كافر ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި، އެހެން إله އަކު ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރި ދިއުންވަނީ އެކަލާނގެ حضرة އަށެވެ
31وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ بَل لِّلَّهِ الْأَمْرُ جَمِيعًا ۗ أَفَلَمْ يَيْأَسِ الَّذِينَ آمَنُوا أَن لَّوْ يَشَاءُ اللَّهُ لَهَدَى النَّاسَ جَمِيعًا ۗ وَلَا يَزَالُ الَّذِينَ كَفَرُوا تُصِيبُهُم بِمَا صَنَعُوا قَارِعَةٌ أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ حَتَّىٰ يَأْتِيَ وَعْدُ اللَّهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ
قرآن އަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ قرآن އަކީ މިއީއެވެ.) އަދި ކިއެއްތަ! ހުރިހާ أمر އެއް ކުރެއްވުންވަނީ، اللَّه އަށެވެ. ފަހެ، اللَّه އިރާދަކުރައްވާނަމަ، އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވައިފާނެކަން، إيمان ވިމީހުންނަށް ނޭނގޭހެއްޔެވެ؟ كافر ވިމީހުންނަށް އެއުރެންކުރި ކަންތައްތަކުން، آفات ތައްޖެހި، ނުވަތަ އެ آفات ތައް، އެއުރެންގެ ގޮވަތިގެދޮރާ ކައިރިއަށް އައުން ފިލައިނުދެއެވެ. اللَّه ގެ وعد ފުޅު އަތުވެއްޖައުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّه، وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ
32وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُوا ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، رسول ންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، كافر ވި މީހުންނަށް ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
33أَفَمَنْ هُوَ قَائِمٌ عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ وَجَعَلُوا لِلَّهِ شُرَكَاءَ قُلْ سَمُّوهُمْ ۚ أَمْ تُنَبِّئُونَهُ بِمَا لَا يَعْلَمُ فِي الْأَرْضِ أَم بِظَاهِرٍ مِّنَ الْقَوْلِ ۗ بَلْ زُيِّنَ لِلَّذِينَ كَفَرُوا مَكْرُهُمْ وَصُدُّوا عَنِ السَّبِيلِ ۗ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
ފަހެ، ކޮންމެ نفس އަކާއި، އެ نفس އެއް ހޯދައިގަތް عمل ތަކުގެ މައްޗަށް قائم ވެ ބައްލަވާވޮޑިގެންވާ ރަސްކަލާނގެ (އެނޫން ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެއުރެން، اللَّه އަށް شريك ންތަކެއް ލޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އެ ތަކެއްޗަށް ނަންދީ ބަލާށެވެ! ނުވަތަ ބިމުގައި އެކަލާނގެ ދެނެވޮޑިގެންނުވާ ކަމެއްގެ خبر، ތިޔަބައިމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ބޭރުފުށުން ދައްކާ ވާހަކައަކީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ كافر ވި މީހުންނަށް، އެއުރެންގެ މަކަރުވެރި ރޭވުންތައް ޒީނަތްތެރިކުރެއްވިއެވެ. އަދި އެއުރެން މަގުން އެއްކިބާކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެތެވެ
34لَّهُمْ عَذَابٌ فِي الْحَيَاةِ الدُّنْيَا ۖ وَلَعَذَابُ الْآخِرَةِ أَشَقُّ ۖ وَمَا لَهُم مِّنَ اللَّهِ مِن وَاقٍ
އެއުރެންނަށް ދުނިޔޭގެ حياة ގައިވެސް عذاب ހުށްޓެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާގަދައެވެ. އަދި اللَّه ގެ عذاب ން ރައްކާތެރިކޮށްދޭނެ އެކަކުވެސް އެއުރެންނަކަށް ނުވެތެވެ
އަރް-ރަޢްދުޤުރުއާން ފިހުރިސްތު
43އާޔަތް
MedinanRevelation
32އާޔަތް

ތަރުޖަމާ — އަރް-ރަޢްދު 32

ސޫރަތު އަރް-ރަޢްދު އާޔަތް 32 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، رسول ންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، كافر…

ސޫރަތު އާޔަތް 32/43 — ސޫރަތު އަރް-ރަޢްދު الرعد (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަރް-ރަޢްދު އަޑު އަހާ, ސޫރަތު އަރް-ރަޢްދު ތަރުޖަމާ, ސޫރަތު އަރް-ރަޢްދު mp3, ސޫރަތު އަރް-ރަޢްދު pdf. އާޔަތް 30–34. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers