އަލް-ބަޤަރާ · 272/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
۞ لَّيْسَ عَلَيْكَ هُدَاهُمْ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۗ وَمَا تُنفِقُوا مِنْ خَيْرٍ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ابْتِغَاءَ وَجْهِ اللَّهِ ۚ وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ ۝٢٧٢
Laisa `alaika hudaahum wa laakinnal laaha yahdee mai yashaaa`; wa maa tunfiqoo min khairin fali anfusikum; wa maa tunfiqoona illab tighaaa`a wajhil laah; wa maa tunfiqoo min khairiny yuwaffa ilaikum wa antum laa tuzlamoon
📖 ދިވެހި މާނަ
އެއުރެންނަށް ތެދުމަގު ދެއްކެވުމަކީ، ކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. (ކަލޭގެފާނަށްއޮތީ އިއްވެވުމެވެ.) އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތެދުމަގު ދައްކަވައެވެ. އަދި، ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް (ގެ ثواب) ލިބޭހުށީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި، اللَّه ގެ وجه ފުޅު އެދިގެން މެނުވީ، ތިޔަބައިމީހުން ހޭދައެއް ނުކުރަމުއެވެ. އަދި، މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް (ގެ ثواب އާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެތެވެ. އަދި، ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ

🎧 އަޑު އަހާ


📜 އާޔަތް 270-274 — ސޫރަތު އަލް-ބަޤަރާ

270وَمَا أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍ فَإِنَّ اللَّهَ يَعْلَمُهُ ۗ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
އަދި، ހޭދަކުރުމުގެ ތެރެއިން ތިޔަބައިމީހުންކުރި ހޭދައެއް، ނުވަތަ، ނަދުރުގެ ތެރެއިން ތިޔަބައިމީހުން ގަތް ނަދުރެއް، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެއެވެ. އަނިޔާވެރިންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ
271إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
(واجب ނޫން) صدقات ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ صدقات ތައް فقير ންނަށް ދެނީނަމަަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
272۞ لَّيْسَ عَلَيْكَ هُدَاهُمْ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۗ وَمَا تُنفِقُوا مِنْ خَيْرٍ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ابْتِغَاءَ وَجْهِ اللَّهِ ۚ وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ
އެއުރެންނަށް ތެދުމަގު ދެއްކެވުމަކީ، ކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. (ކަލޭގެފާނަށްއޮތީ އިއްވެވުމެވެ.) އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތެދުމަގު ދައްކަވައެވެ. އަދި، ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް (ގެ ثواب) ލިބޭހުށީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި، اللَّه ގެ وجه ފުޅު އެދިގެން މެނުވީ، ތިޔަބައިމީހުން ހޭދައެއް ނުކުރަމުއެވެ. އަދި، މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް (ގެ ثواب އާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެތެވެ. އަދި، ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ
273لِلْفُقَرَاءِ الَّذِينَ أُحْصِرُوا فِي سَبِيلِ اللَّهِ لَا يَسْتَطِيعُونَ ضَرْبًا فِي الْأَرْضِ يَحْسَبُهُمُ الْجَاهِلُ أَغْنِيَاءَ مِنَ التَّعَفُّفِ تَعْرِفُهُم بِسِيمَاهُمْ لَا يَسْأَلُونَ النَّاسَ إِلْحَافًا ۗ وَمَا تُنفِقُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ
اللَّه ގެ މަގުގައި (جهاد ކުރުމުގައި) ބަންދުވެފައި ތިބި فقير ންނަށް (صدقات ދިނުން) ހުށްޓެވެ. އެއުރެންނަކަށް (ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ބިމުގައި ދަތުރުފަތުރުކޮށެއް ނޫޅެވެއެވެ. އެއުރެންގެ خبر ނުދަންނަ މީހާ ހީކުރަނީ، އެއްޗިއްސަށް ނޭދުމުގެ ސަބަބުން، އެއީ، މުއްސަނދިން ކަމަށެވެ. އެއުރެންގެ علامة ތަކުން، ތިބާޔަށް އެއުރެން އެނގޭނެތެވެ. އެއުރެން އެއްޗިއްސަށްއެދި، މީހުންނަށް އާދޭސްކޮށެއް ނޫޅޭނެތެވެ. ތިޔަބައިމީހުން މުދަލުން ހޭދަކުރާ ކޮންމެ އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ
274الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
272އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 272

ސޫރަތު އަލް-ބަޤަރާ އާޔަތް 272 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންނަށް ތެދުމަގު ދެއްކެވުމަކީ، ކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. (ކަލޭގެފާނަށްއޮތީ އިއްވެވުމެވެ.) އެހެނެއްކަމަކު، اللَّه،…

ސޫރަތު އާޔަތް 272/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 270–274. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers