އަން-ނޫރު · 53/64
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނޫރު
۞ وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ ۖ قُل لَّا تُقْسِمُوا ۖ طَاعَةٌ مَّعْرُوفَةٌ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ ۝٥٣
Wa aqsamoo billaahi jahda aimaanihim la`in amartahum la yakhrujunna qul laa tuqsimoo taa`atum ma`roofah innal laaha khabeerum bimaa ta`maloon
📖 ދިވެހި މާނަ
އަދި ކަލޭގެފާނު، އެއުރެންނަށް (އެބަހީ: منافق ންނަށް) أمر ކުރައްވައިފިނަމަ، ހަމަކަށަވަރުން، އެއުރެން (ހަނގުރާމައަށް) ނުކުންނާނެކަމަށް އެއުރެންގެ އެންމެ ގަދަ ހުވައިން اللَّه ގަންދީ ހުވާކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ހުވާނުކުރާށެވެ! (ބޭނުމީ) އެނގި ފާޅުވެގެންވާ ކިޔަމަންގަތުމެކެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 51-55 — ސޫރަތު އަން-ނޫރު

51إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ
އެއުރެންގެ މެދުގައި، حكم ކުރެއްވުމަށް اللَّه އާއި، އެކަލާނގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، مؤمن ންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ
52وَمَن يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُولَٰئِكَ هُمُ الْفَائِزُونَ
އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ކިޔަމަންވެ، އަދި اللَّه އަށް ބިރުވެތިވެ، އެކަލާނގެއަށް تقوى ވެރިވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ نصيب ލިބިގެންވާ މީހުންނެވެ
53۞ وَأَقْسَمُوا بِاللَّهِ جَهْدَ أَيْمَانِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ ۖ قُل لَّا تُقْسِمُوا ۖ طَاعَةٌ مَّعْرُوفَةٌ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ
އަދި ކަލޭގެފާނު، އެއުރެންނަށް (އެބަހީ: منافق ންނަށް) أمر ކުރައްވައިފިނަމަ، ހަމަކަށަވަރުން، އެއުރެން (ހަނގުރާމައަށް) ނުކުންނާނެކަމަށް އެއުރެންގެ އެންމެ ގަދަ ހުވައިން اللَّه ގަންދީ ހުވާކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ހުވާނުކުރާށެވެ! (ބޭނުމީ) އެނގި ފާޅުވެގެންވާ ކިޔަމަންގަތުމެކެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
54قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا ۚ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسول އާއަށްވެސް ކިޔަމަންވާށެވެ! ފަހެ، އެއުރެން ފުރަގަސްދީ ހިނގައްޖެނަމަ، ފަހެ، އެކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ އެކަލޭގެފާނާ މަތިކުރެއްވި ކަންތަކެވެ. (އެއީ رسول ކަން އިއްވެވުމެވެ.) އަދި ތިޔަބައިމީހުންގެ މައްޗަށްއޮތީ ތިޔަބައިމީހުންނާ މަތިކުރެއްވި ކަންތަކެވެ. (އެއީ إيمان ވެ ކިޔަމަންގަތުމެވެ.) އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ. بيان ވެގެންވާ އިއްވެވުން މެނުވީ رسول އާގެ މައްޗަކަށް ނުވެއެވެ
55وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُولَٰئِكَ هُمُ الْفَاسِقُونَ
ތިޔަބައިމީހުންގެ ތެރެއިން إيمان ވެ، صالح عمل ތައްކޮށް އުޅުނުމީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން خليفة ވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި خليفة ވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ دين، ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި تمكين ކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، أمان ކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، اللَّه وعد ކުރައްވާފައިވެއެވެ. އެއުރެން ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކޮށް، ތިމަންރަސްކަލާނގެއަށް އަޅުކަން ކުރެތެވެ. އެއަށްފަހު كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ فاسق ންނެވެ
އަން-ނޫރުޤުރުއާން ފިހުރިސްތު
64އާޔަތް
MedinanRevelation
53އާޔަތް

ތަރުޖަމާ — އަން-ނޫރު 53

ސޫރަތު އަން-ނޫރު އާޔަތް 53 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކަލޭގެފާނު، އެއުރެންނަށް (އެބަހީ: منافق ންނަށް) أمر ކުރައްވައިފިނަމަ، ހަމަކަށަވަރުން، އެއުރެން…

ސޫރަތު އާޔަތް 53/64 — ސޫރަތު އަން-ނޫރު النور (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނޫރު އަޑު އަހާ, ސޫރަތު އަން-ނޫރު ތަރުޖަމާ, ސޫރަތު އަން-ނޫރު mp3, ސޫރަތު އަން-ނޫރު pdf. އާޔަތް 51–55. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers