އަލް-ޤަސަޞް · 49/88
ތަރުޖަމާ ކިޔެވުން — އަލް-ޤަސަޞް
قُلْ فَأْتُوا بِكِتَابٍ مِّنْ عِندِ اللَّهِ هُوَ أَهْدَىٰ مِنْهُمَا أَتَّبِعْهُ إِن كُنتُمْ صَادِقِينَ ۝٤٩
Qul faatoo bi Kitaabim min `indil laahi huwa ahdaa minhu maaa attabi`hu in kuntum saadiqeen
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެ ދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު ފޮތެއް، ތިމަންކަލޭގެފާނު އެއަށް تبع ވުމަށް، اللَّه ގެ حضرة ން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ
🎧 އަޑު އަހާ

📜 އާޔަތް 47-51 — އަލް-ޤަސަޞް

47وَلَوْلَا أَن تُصِيبَهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ وَنَكُونَ مِنَ الْمُؤْمِنِينَ
އަދި އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކުގެ ސަބަބުން އެއުރެންނަށް مصيبة އެއް ނުޖެހޭނެނަމަ (ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވީމުހެވެ.) ފަހެ، އޭރުން އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ގާތަށް އިބަރަސްކަލާނގެ رسول އަކު ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ އޭރުން އަޅަމެން އިބަރަސްކަލާނގެ آية ތަކަށް تبع ވެ، مؤمن ންގެ ތެރެއިން ވެއްޖައީމުހެވެ
48فَلَمَّا جَاءَهُمُ الْحَقُّ مِنْ عِندِنَا قَالُوا لَوْلَا أُوتِيَ مِثْلَ مَا أُوتِيَ مُوسَىٰ ۚ أَوَلَمْ يَكْفُرُوا بِمَا أُوتِيَ مُوسَىٰ مِن قَبْلُ ۖ قَالُوا سِحْرَانِ تَظَاهَرَا وَقَالُوا إِنَّا بِكُلٍّ كَافِرُونَ
ފަހެ، ތިމަންރަސްކަލާނގެ حضرة ން އެއުރެންގެގާތަށް حق ތެދުމަގު އައިހިނދު (އެބަހީ: ތެދުމަގާއިގެން محمد ގެފާނު ވަޑައިގަތްހިނދު) އެއުރެން ބުނޫއެވެ. موسى ގެފާނަށް ދެއްވިފަދަ معجزات ތަކެއް އެކަލޭގެފާނަށް ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ މީގެކުރިން موسى ގެފާނަށް ދެއްވި އެއްޗަކަށް، އެއުރެން ފަހެ، كافر ވެފައެއް ނުވޭހެއްޔެވެ؟ އެއުރެން ބުނޫއެވެ. (توراة އާއި قرآن އަކީ) އެކަތި އަނެކައްޗަށް ވާގިވެރިވާ ދެ ޖާދޫއެކެވެ. އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެއިންކޮންމެ އެއްޗަކަށް ތިމަންމެން كافر ވަމުއެވެ
49قُلْ فَأْتُوا بِكِتَابٍ مِّنْ عِندِ اللَّهِ هُوَ أَهْدَىٰ مِنْهُمَا أَتَّبِعْهُ إِن كُنتُمْ صَادِقِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެ ދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު ފޮތެއް، ތިމަންކަލޭގެފާނު އެއަށް تبع ވުމަށް، اللَّه ގެ حضرة ން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ
50فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ اللَّهِ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނަށް ނުކުރެވިއްޖެނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ تبع ވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. އަދި اللَّه ގެ حضرة ން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް تبع ވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
51۞ وَلَقَدْ وَصَّلْنَا لَهُمُ الْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ وحى ގެ ބަސްފުޅު (އެބަހީ: قرآن) ވިދިވިދިގެން ބާވައިލައްވައި، އެއުރެންނާ ހަމަޔަށް ގެނެސްދެއްވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ
އަލް-ޤަސަޞްޤުރުއާން ފިހުރިސްތު
88އާޔަތް
MeccanRevelation
49އާޔަތް

ތަރުޖަމާ — އަލް-ޤަސަޞް 49

ސޫރަތު އަލް-ޤަސަޞް އާޔަތް 49 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެ ދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު…

ސޫރަތު އާޔަތް 49/88 — އަލް-ޤަސަޞް القصص (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޤަސަޞް އަޑު އަހާ, އަލް-ޤަސަޞް ތަރުޖަމާ, އަލް-ޤަސަޞް mp3, އަލް-ޤަސަޞް pdf. އާޔަތް 47–51. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers