އާލު-ޢިމްރާން · 72/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
وَقَالَت طَّائِفَةٌ مِّنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ ۝٧٢
Wa qaalat taaa`ifatum min Ahlil Kitaabi aaminoo billazeee unzila `alal lazeena aamanoo wajhan nahaari wakfurooo aakhirahoo la`alla hum yarji`oon
📖 ދިވެހި މާނަ
ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. إيمان ވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން إيمان ވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) كافر ވާށެވެ! އެއީ، އެއުރެން (އެބަހީ: مؤمن ން އެއުރެންގެ دين ން) އެނބުރި رجوع ވޭތޯއެވެ

🎧 އަޑު އަހާ


📜 އާޔަތް 70-74 — އާލު-ޢިމްރާން

70يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللَّهِ وَأَنتُمْ تَشْهَدُونَ
އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން (އެއީ حق ކަން އެނގިތިބެ އެކަމަށް) ހެކިވާ حال، اللَّه ގެ آية ތަކަށް ތިޔަބައިމީހުން كافر ވަނީ ކީއްވެގެން ހެއްޔެވެ؟
71يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنتُمْ تَعْلَمُونَ
އޭ ފޮތުގެ أهل ވެރިންނޭވެ! (އެއީ حق ކަން) ތިޔަބައިމީހުންނަށް އެނގިތިބި حال ގައި، حق އާއި باطل އޮޅުވާލައި އަދި، حق ގޮތް ތިޔަބައިމީހުން ފޮރުވަނީ ކީއްވެގެން ހެއްޔެވެ؟
72وَقَالَت طَّائِفَةٌ مِّنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ
ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. إيمان ވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން إيمان ވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) كافر ވާށެވެ! އެއީ، އެއުރެން (އެބަހީ: مؤمن ން އެއުރެންގެ دين ން) އެނބުރި رجوع ވޭތޯއެވެ
73وَلَا تُؤْمِنُوا إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ الْهُدَىٰ هُدَى اللَّهِ أَن يُؤْتَىٰ أَحَدٌ مِّثْلَ مَا أُوتِيتُمْ أَوْ يُحَاجُّوكُمْ عِندَ رَبِّكُمْ ۗ قُلْ إِنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ
އަދި، (އެއުރެން ބުނޫއެވެ.) ތިޔަބައިމީހުންގެ دين އަށް تبع ވީ މީހަކަށް މެނުވީ، ތިޔަބައިމީހުން إيمان ނުވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތެދުމަގަކީ اللَّه ގެ ތެދުމަގެވެ. ތިޔަބައިމީހުންނަށް ދެއްވާފައިވާފަދަ ކަމެއް އެހެން އެއްވެސް މީހަކަށް ދެއްވާފައިވާކަމަށް، (ތިޔަބައިމީހުން قبول ނުކުރާށެވެ!) އެހެންނޫންނަމަ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން (އެބަހީ: مؤمن ން) ތިޔަބައިމީހުން حجّة ން ދެރަކޮށްފާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، فضل ވަންތަކަންވަނީ، اللَّه ގެ يدقدرة ފުޅުގައެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަމެއް ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
74يَخْتَصُّ بِرَحْمَتِهِ مَن يَشَاءُ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ
އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ رحمة خاص ކުރައްވަތެވެ. އަދި، اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
72އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 72

ސޫރަތު އާލު-ޢިމްރާން އާޔަތް 72 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. إيمان…

ސޫރަތު އާޔަތް 72/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 70–74. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers