އައް-ޝޫރާ · 25/53
ތަރުޖަމާ ކިޔެވުން — އައް-ޝޫރާ
وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ ۝٢٥
Wa Huwal lazee yaqbalut tawbata `an `ibaadihee wa ya`foo `anis saiyiaati wa ya`lamu maa taf`aloon
📖 ދިވެހި މާނަ
އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ކިބައިން توبة قبول ކުރައްވައި، ނުބައިކަންތަކަށް عفو ކުރައްވާ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ

🎧 އަޑު އަހާ


📜 އާޔަތް 23-27 — އައް-ޝޫރާ

23ذَٰلِكَ الَّذِي يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا ۚ إِنَّ اللَّهَ غَفُورٌ شَكُورٌ
އެއީ إيمان ވެ، صالح عمل ތައް ކުޅަ، އެކަލާނގެ އަޅުތަކުންނަށް اللَّه އުފާވެރިކަމުގެ خبر ދެއްވާ ކަންތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ رسول ކަން އިއްވެވުމުގެ މައްޗަކަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން އެއްވެސް އުޖޫރަޔަކަށް އެދިވަޑައެއް ނުގަންނަވަމެވެ. ގާތްތިމާގެކަމުގެ ލޯބިމެނުވީއެވެ. އަދި ހެޔޮކަމެއްކުރާ މީހާއަށް ތިމަންރަސްކަލާނގެ އެކަމުގައި ހެޔޮކަން އިތުރުކޮށްދެއްވާހުށީމެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ
24أَمْ يَقُولُونَ افْتَرَىٰ عَلَى اللَّهِ كَذِبًا ۖ فَإِن يَشَإِ اللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ اللَّهُ الْبَاطِلَ وَيُحِقُّ الْحَقَّ بِكَلِمَاتِهِ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
ނުވަތަ އެކަލޭގެފާނު اللَّه އާމެދު އިތުރުފުޅެއް ހެއްދެވީކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ފަހެ، اللَّه އިރާދަކުރައްވާނަމަ، ކަލޭގެފާނުގެ ހިތްޕުޅުގައި ސިއްކަގައްސަވައިފީހެެވެ. އަދި اللَّه، باطل ފުއްސަވައި، އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
25وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ
އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ކިބައިން توبة قبول ކުރައްވައި، ނުބައިކަންތަކަށް عفو ކުރައްވާ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ
26وَيَسْتَجِيبُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَيَزِيدُهُم مِّن فَضْلِهِ ۚ وَالْكَافِرُونَ لَهُمْ عَذَابٌ شَدِيدٌ
އަދި إيمان ވެ، صالح عمل ތައްކުޅަ މީހުންނަށް އެކަލާނގެ އިޖާބަދެއްވައި، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އިތުރުކޮށްދެއްވަތެވެ. އަދި كافر ންނަށް ގަދަވެގެންވާ عذاب ހުށްޓެވެ
27۞ وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَاءُ ۚ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ
اللَّه، އެކަލާނގެ (އެންމެހައި) އަޅުންނަށް رزق ތަނަވަސްކޮށްދެއްވައިފިނަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ. އެހެނެއްކަމަކު، އެކަލާނގެ رزق ބާވައިލައްވަނީ، އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ވަކިމިންވަރަކަށެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
އައް-ޝޫރާޤުރުއާން ފިހުރިސްތު
53އާޔަތް
MeccanRevelation
25އާޔަތް

ތަރުޖަމާ — އައް-ޝޫރާ 25

ސޫރަތު އައް-ޝޫރާ އާޔަތް 25 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ކިބައިން توبة قبول ކުރައްވައި، ނުބައިކަންތަކަށް عفو ކުރައްވާ…

ސޫރަތު އާޔަތް 25/53 — އައް-ޝޫރާ الشورى (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޝޫރާ އަޑު އަހާ, އައް-ޝޫރާ ތަރުޖަމާ, އައް-ޝޫރާ mp3, އައް-ޝޫރާ pdf. އާޔަތް 23–27. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers