އަލް-އަންފާލް · 74/75
ތަރުޖަމާ ކިޔެވުން — އަލް-އަންފާލް
وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ وَالَّذِينَ آوَوا وَّنَصَرُوا أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ۝٧٤
Wallazeena aamanoo wa haajaroo wa jaahadoo fee sabeelil laahi wallazeena aawaw wa nasarooo ulaaa`ika humul mu`minoona haqqaa; lahum maghfiratunw wa rizqun kareem
📖 ދިވެހި މާނަ
އަދި إيمان ވެ هجرة ކޮށް، اللَّه ގެ މަގުގައި جهاد ކޮށްއުޅުނު މީހުންނާއި (އެއުރެންނަށް) ހިޔާވަހިކަންދީ نصر ދިން މީހުން (ދަންނާށެވެ!) حقيقة ގައި مؤمن ންނަކީ، ހަމަ އެއުރެންނެވެ. އެއުރެންނަށް ފާފަފުއްސެވުމާއި ދީލަތިވެގެންވާ رزق ހުށްޓެވެ
🎧 އަޑު އަހާ

📜 އާޔަތް 72-75 — އަލް-އަންފާލް

72إِنَّ الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ وَالَّذِينَ آوَوا وَّنَصَرُوا أُولَٰئِكَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَالَّذِينَ آمَنُوا وَلَمْ يُهَاجِرُوا مَا لَكُم مِّن وَلَايَتِهِم مِّن شَيْءٍ حَتَّىٰ يُهَاجِرُوا ۚ وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ إِلَّا عَلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ
ހަމަކަށަވަރުން، إيمان ވެ هجرة ކޮށް އެއުރެންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކޮށް އުޅުނު މީހުންނާއި، (އެއުރެންނަށް) ހިޔާވަހިކަންދީ، نصر ދިންމީހުން (ދަންނާށެވެ!) އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި إيمان ވެ هجرة ނުކޮށްތިބި މީހުން (ދަންނާށެވެ!) އެއުރެން هجرة ކޮށްފުމަށްދާނދެން، އެއުރެންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ. އަދި دين ގެ ނަމުގައި އެއުރެން ތިޔަބައިމީހުންގެ އެހީއަށް އެދިއްޖެނަމަ، އެއުރެންނަށް نصر ދިނުން ތިޔަބައިމީހުންގެ މައްޗަށް ހުށްޓެވެ. އެއުރެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި معاهدة އެއް ކޮށްފައިވާ قوم އަކާ ދެކޮޅަށް މެނުވީއެވެ. اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
73وَالَّذِينَ كَفَرُوا بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِي الْأَرْضِ وَفَسَادٌ كَبِيرٌ
كافر ވި މީހުން (ދަންނާށެވެ! (އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. ތިޔަބައިމީހުން އެކަންނުކުރާނަމަ) އެބަހީ: ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް نصر ދީ އެހީވެ ނޫޅޭނަމަ) ބިމުގައި ފިތުނަވެރިކަމާއި، ބޮޑުވެގެންވާ ފަސާދަވެރިކަން އުފެދިދާނެތެވެ
74وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ وَالَّذِينَ آوَوا وَّنَصَرُوا أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
އަދި إيمان ވެ هجرة ކޮށް، اللَّه ގެ މަގުގައި جهاد ކޮށްއުޅުނު މީހުންނާއި (އެއުރެންނަށް) ހިޔާވަހިކަންދީ نصر ދިން މީހުން (ދަންނާށެވެ!) حقيقة ގައި مؤمن ންނަކީ، ހަމަ އެއުރެންނެވެ. އެއުރެންނަށް ފާފަފުއްސެވުމާއި ދީލަތިވެގެންވާ رزق ހުށްޓެވެ
75وَالَّذِينَ آمَنُوا مِن بَعْدُ وَهَاجَرُوا وَجَاهَدُوا مَعَكُمْ فَأُولَٰئِكَ مِنكُمْ ۚ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ ۗ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
އަދި އޭގެފަހުން إيمان ވެ، هجرة ކޮށް، ތިޔަބައިމީހުންނާއެކުގައި جهاد ކޮށް އުޅުނުމީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ ތިޔަބައިމީހުންގެ ތެރެއިންނެވެ. އަދި اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
އަލް-އަންފާލްޤުރުއާން ފިހުރިސްތު
75އާޔަތް
MedinanRevelation
74އާޔަތް

ތަރުޖަމާ — އަލް-އަންފާލް 74

ސޫރަތު އަލް-އަންފާލް އާޔަތް 74 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި إيمان ވެ هجرة ކޮށް، اللَّه ގެ މަގުގައި جهاد ކޮށްއުޅުނު…

ސޫރަތު އާޔަތް 74/75 — އަލް-އަންފާލް الأنفال (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންފާލް އަޑު އަހާ, އަލް-އަންފާލް ތަރުޖަމާ, އަލް-އަންފާލް mp3, އަލް-އަންފާލް pdf. އާޔަތް 72–75. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers