އަތް-ތައުބާ · 87/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ۝٨٧
Radoo bi ai yakoonoo ma`al khawaalifi wa tubi`a `alaa quloobihim fahum laa yafqahoon
📖 ދިވެހި މާނަ
(ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެއުރެން ރުހުނޫއެވެ. އަދި އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި ބަންދު ކުރައްވާފައިވެއެވެ. ފަހެ، އެއުރެންނަށް ނުވިސްނެނީއެވެ

🎧 އަޑު އަހާ


📜 އާޔަތް 85-89 — އަތް-ތައުބާ

85وَلَا تُعْجِبْكَ أَمْوَالُهُمْ وَأَوْلَادُهُمْ ۚ إِنَّمَا يُرِيدُ اللَّهُ أَن يُعَذِّبَهُم بِهَا فِي الدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ
އަދި އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެތަކެތީގެ ސަބަބުން، އެއުރެންނަށް، ދުނިޔޭގައި عذاب ދެއްވުމަށެވެ. އަދި އެއުރެންނީ كافر ން ކަމުގައިވާ حال، އެއުރެންގެ ފުރާނަތައް ނިކުމެގެން ދިއުމަށެވެ
86وَإِذَا أُنزِلَتْ سُورَةٌ أَنْ آمِنُوا بِاللَّهِ وَجَاهِدُوا مَعَ رَسُولِهِ اسْتَأْذَنَكَ أُولُو الطَّوْلِ مِنْهُمْ وَقَالُوا ذَرْنَا نَكُن مَّعَ الْقَاعِدِينَ
ތިޔަބައިމީހުން، اللَّه އަށް إيمان ވުމަށާއި، އެކަލާނގެ رسول އާގެ އަރިހުގައި جهاد ކުރުމަށް އަންގަވާފައިވާ سورة އެއް ބާވައިލައްވައިފިނަމަ، އެއުރެންގެ ތެރެއިން ތަނަވަސްކަމާއި، ބާރުވެރިކަމުގެ أهل ވެރިން (ހަނގުރާމަޔަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދޭނެތެވެ. އަދި އެއުރެން ބުނާނެތެވެ. (ހަނގުރާމަޔަށް ނުގޮސް) ތިބޭ މީހުންނާއެކުގައި ވުމަށް، ތިމަންމެން ދޫކޮށްލައްވާށެވެ
87رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ
(ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެއުރެން ރުހުނޫއެވެ. އަދި އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި ބަންދު ކުރައްވާފައިވެއެވެ. ފަހެ، އެއުރެންނަށް ނުވިސްނެނީއެވެ
88لَٰكِنِ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ جَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ ۚ وَأُولَٰئِكَ لَهُمُ الْخَيْرَاتُ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ
އެހެނެއްކަމަކު، رسول އާއާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެން ތިބިމީހުން، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރޫއެވެ. އެއުރެންނަށް ހެޔޮ ދަރުމަތައް ހުށްޓެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ
89أَعَدَّ اللَّهُ لَهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ
އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، اللَّه، އެއުރެންނަށްޓަކައި، ތައްޔާރުކުރައްވާފައިވެއެވެ. އެ ސުވަރުގެތަކުގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
87އާޔަތް

ތަރުޖަމާ — އަތް-ތައުބާ 87

ސޫރަތު އަތް-ތައުބާ އާޔަތް 87 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެއުރެން ރުހުނޫއެވެ. އަދި…

ސޫރަތު އާޔަތް 87/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 85–89. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers