އަތް-ތައުބާ · 88/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
لَٰكِنِ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ جَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ ۚ وَأُولَٰئِكَ لَهُمُ الْخَيْرَاتُ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ ۝٨٨
Laakinir Rasoolu wal lazeena aamanoo ma`ahoo jaahadoo bi amwaalihim wa anfusihim; wa ulaaa`ika lahumul khairaatu wa ulaaa`ika humul muflihoon
📖 ދިވެހި މާނަ
އެހެނެއްކަމަކު، رسول އާއާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެން ތިބިމީހުން، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރޫއެވެ. އެއުރެންނަށް ހެޔޮ ދަރުމަތައް ހުށްޓެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ
🎧 އަޑު އަހާ

📜 އާޔަތް 86-90 — އަތް-ތައުބާ

86وَإِذَا أُنزِلَتْ سُورَةٌ أَنْ آمِنُوا بِاللَّهِ وَجَاهِدُوا مَعَ رَسُولِهِ اسْتَأْذَنَكَ أُولُو الطَّوْلِ مِنْهُمْ وَقَالُوا ذَرْنَا نَكُن مَّعَ الْقَاعِدِينَ
ތިޔަބައިމީހުން، اللَّه އަށް إيمان ވުމަށާއި، އެކަލާނގެ رسول އާގެ އަރިހުގައި جهاد ކުރުމަށް އަންގަވާފައިވާ سورة އެއް ބާވައިލައްވައިފިނަމަ، އެއުރެންގެ ތެރެއިން ތަނަވަސްކަމާއި، ބާރުވެރިކަމުގެ أهل ވެރިން (ހަނގުރާމަޔަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދޭނެތެވެ. އަދި އެއުރެން ބުނާނެތެވެ. (ހަނގުރާމަޔަށް ނުގޮސް) ތިބޭ މީހުންނާއެކުގައި ވުމަށް، ތިމަންމެން ދޫކޮށްލައްވާށެވެ
87رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ
(ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެއުރެން ރުހުނޫއެވެ. އަދި އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި ބަންދު ކުރައްވާފައިވެއެވެ. ފަހެ، އެއުރެންނަށް ނުވިސްނެނީއެވެ
88لَٰكِنِ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ جَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ ۚ وَأُولَٰئِكَ لَهُمُ الْخَيْرَاتُ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ
އެހެނެއްކަމަކު، رسول އާއާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެން ތިބިމީހުން، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރޫއެވެ. އެއުރެންނަށް ހެޔޮ ދަރުމަތައް ހުށްޓެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ
89أَعَدَّ اللَّهُ لَهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ
އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، اللَّه، އެއުރެންނަށްޓަކައި، ތައްޔާރުކުރައްވާފައިވެއެވެ. އެ ސުވަރުގެތަކުގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ
90وَجَاءَ الْمُعَذِّرُونَ مِنَ الْأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِينَ كَذَبُوا اللَّهَ وَرَسُولَهُ ۚ سَيُصِيبُ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ
أعرابى ންގެ ތެރެއިން عذر ވެރިވެގަންނަ މީހުން (ހަނގުރާމަޔަށް ނުގޮސް ތިބުމަށް) އެއުރެންނަށް إذن ލިބުމަށްޓަކައި އައޫއެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ދޮގުހެދި މީހުން ނައިސް ތިބެއްޖައޫއެވެ. އެއުރެންގެ ތެރެއިން كافر ވި މީހުންނަށް، ވޭންދެނިވި عذاب އައިސް ޖެހޭހުށްޓެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
88އާޔަތް

ތަރުޖަމާ — އަތް-ތައުބާ 88

ސޫރަތު އަތް-ތައުބާ އާޔަތް 88 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެހެނެއްކަމަކު، رسول އާއާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެން ތިބިމީހުން، އެއުރެންގެ މުދާތަކާއި،…

ސޫރަތު އާޔަތް 88/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 86–90. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers