ހޫދު · 112/123
ތަރުޖަމާ ކިޔެވުން — ހޫދު
فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ ۝١١٢
Fastaqim kamaaa umirta wa man taaba ma`aka wa laa tatghaw; innahoo bimaa ta`maloona Baseer
📖 ދިވެހި މާނަ
ފަހެ، ކަލޭގެފާނަށް أمر ކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި إيمان ވެ، توبة ވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 110-114 — ހޫދު

110وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَاخْتُلِفَ فِيهِ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِيَ بَيْنَهُمْ ۚ وَإِنَّهُمْ لَفِي شَكٍّ مِّنْهُ مُرِيبٍ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެ ފޮތާމެދު خلاف ވޫއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައިކަން ކަށަވަރެވެ
111وَإِنَّ كُلًّا لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَالَهُمْ ۚ إِنَّهُ بِمَا يَعْمَلُونَ خَبِيرٌ
ހަމަކަށަވަރުން، ކޮންމެ ބަޔަކަށްވެސް އެބަޔެއްގެ عمل ތަކަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަމަޔަށް ޖަޒާދެއްވާނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
112فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ
ފަހެ، ކަލޭގެފާނަށް أمر ކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި إيمان ވެ، توبة ވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
113وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَسَّكُمُ النَّارُ وَمَا لَكُم مِّن دُونِ اللَّهِ مِنْ أَوْلِيَاءَ ثُمَّ لَا تُنصَرُونَ
އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައިމީހުން ކުޑަކޮށްވެސް ނުލެނބޭށެވެ! ފަހެ، (އެ ހިނދުން) ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ. އަދި اللَّه ފިޔަވައި، ތިޔަބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނެތެވެ. ދެން ތިޔަބައިމީހުންނަކަށް نصر އެއްވެސް ނުލިބޭނެތެވެ
114وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ
އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް وعظ އާއި نصيحة އެކެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
112އާޔަތް

ތަރުޖަމާ — ހޫދު 112

ސޫރަތު ހޫދު އާޔަތް 112 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، ކަލޭގެފާނަށް أمر ކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި إيمان ވެ، توبة…

ސޫރަތު އާޔަތް 112/123 — ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ހޫދު އަޑު އަހާ, ހޫދު ތަރުޖަމާ, ހޫދު mp3, ހޫދު pdf. އާޔަތް 110–114. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers