އަލް-އިސްރާއް · 60/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِالنَّاسِ ۚ وَمَا جَعَلْنَا الرُّؤْيَا الَّتِي أَرَيْنَاكَ إِلَّا فِتْنَةً لِّلنَّاسِ وَالشَّجَرَةَ الْمَلْعُونَةَ فِي الْقُرْآنِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَانًا كَبِيرًا ۝٦٠
Wa iz qulnaa laka inna rabbaka ahaata binnaas; wa maa ja`alnar ru`yal lateee arainaaka illaa fitnatal linnaasi washshajaratal mal`oonata fil quraan; wa nukhaw wifuhum famaa yazeeduhum illa tughyaanan kabeeraa
📖 ދިވެހި މާނަ
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމާއި، قدرة ތެރިކަން، މީސްތަކުން ވަށައިލާފައިވާކަމުގައި ތިމަންރަސްކަލާނގެ وحى ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވި ދެއްކެވުމާއި، އަދި قرآن ގައި لعنة ލައްވާފައިވާ ގަސް (އެއީ) މީސްތަކުންނަށް امتحان އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ބިރުދައްކަވައި إنذار ކުރައްވަމެވެ. ފަހެ، ބޮޑުވެގެންވާ ދެކޮޅުވެރިކަން މެނުވީ، އެކަމުގެ ސަބަބުން، އެއުރެންނަށް އިތުރެއް ނުވެތެވެ
🎧 އަޑު އަހާ

📜 އާޔަތް 58-62 — އަލް-އިސްރާއް

58وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ الْقِيَامَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا
ތިމަންރަސްކަލާނގެ قيامة ދުވަހުގެ ކުރިން ހަލާކު ނުކުރައްވާ އެއްވެސް (އަނިޔާވެރި) ރަށެއް ނުވެއެވެ. ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ނުދެއްވާ ރަށެއްވެސް ނުވެއެވެ. ފޮތުގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ
59وَمَا مَنَعَنَا أَن نُّرْسِلَ بِالْآيَاتِ إِلَّا أَن كَذَّبَ بِهَا الْأَوَّلُونَ ۚ وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُوا بِهَا ۚ وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا
އިހުއުޅުނު މީހުން معجزة ތައް ދޮގުކުޅަކަން މެނުވީ، ތިމަންރަސްކަލާނގެ معجزة ތައް ފޮނުއްވުން މަނާކުރާކަމެއް ނެތެވެ. އަދި ފާޅުވެގެންވާ معجزة އެއްގެ ގޮތުގައި، ثمود ބާގައި މީހުންނަށް جمل ދެއްވީމެވެ. ދެން އެއުރެން އެއާމެދުގައި އަނިޔާވެރިވެގަތޫއެވެ. އަދި إنذار އެއް ކަމުގައި މެނުވީ ތިމަންރަސްކަލާނގެ معجزة ތައް ނުފޮނުއްވަމެވެ
60وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِالنَّاسِ ۚ وَمَا جَعَلْنَا الرُّؤْيَا الَّتِي أَرَيْنَاكَ إِلَّا فِتْنَةً لِّلنَّاسِ وَالشَّجَرَةَ الْمَلْعُونَةَ فِي الْقُرْآنِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَانًا كَبِيرًا
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމާއި، قدرة ތެރިކަން، މީސްތަކުން ވަށައިލާފައިވާކަމުގައި ތިމަންރަސްކަލާނގެ وحى ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވި ދެއްކެވުމާއި، އަދި قرآن ގައި لعنة ލައްވާފައިވާ ގަސް (އެއީ) މީސްތަކުންނަށް امتحان އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ބިރުދައްކަވައި إنذار ކުރައްވަމެވެ. ފަހެ، ބޮޑުވެގެންވާ ދެކޮޅުވެރިކަން މެނުވީ، އެކަމުގެ ސަބަބުން، އެއުރެންނަށް އިތުރެއް ނުވެތެވެ
61وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا
آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ. ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުޅައޫއެވެ. إبليس ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ މީހަކަށް، ތިމަން سجدة ކުރާނެތޯއެވެ؟
62قَالَ أَرَأَيْتَكَ هَٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا
އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބަރަސްކަލާނގެ އަންގަވައިދެއްވާނުތޯއެވެ؟ قيامة އަށް ދާނދެން، ތިމަން ލަހައްޓަވައި ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
60އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 60

ސޫރަތު އަލް-އިސްރާއް އާޔަތް 60 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމާއި، قدرة ތެރިކަން، މީސްތަކުން ވަށައިލާފައިވާކަމުގައި ތިމަންރަސްކަލާނގެ وحى…

ސޫރަތު އާޔަތް 60/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 58–62. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers