އަލް-ބަޤަރާ · 112/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ۝١١٢
Balaa man aslama wajhahoo lillaahi wa huwa muhsinun falahooo ajruhoo `inda rabbihee wa laa khawfun `alaihim wa laa hum yahzanoon
📖 ދިވެހި މާނަ
އެހެންނަކުންނޫނެވެ! ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ حال، އެމީހެއްގެ މޫނު (އެބަހީ: މުޅި އެމީހާ) اللَّه އަށް ކިޔަމަންކޮށްފި މީހަކަށް، ފަހެ، އޭނާގެ ވެރިރަސްކަލާނގެ حضرة ގައި އޭނާގެ ދަރުމަހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް (އެއްވެސް) ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
🎧 އަޑު އަހާ

📜 އާޔަތް 110-114 — އަލް-ބަޤަރާ

110وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ۚ وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ ۗ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ
އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
111وَقَالُوا لَن يَدْخُلَ الْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَارَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ
އެއުރެން ބުނޫއެވެ. يهودى އަކު ކަމުގައި ނުވަތަ نصارى އަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ. އެއީ، އެއުރެންގެ ދޮގު އުންމީދު ތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) دليل ގެންނާށެވެ
112بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
އެހެންނަކުންނޫނެވެ! ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ حال، އެމީހެއްގެ މޫނު (އެބަހީ: މުޅި އެމީހާ) اللَّه އަށް ކިޔަމަންކޮށްފި މީހަކަށް، ފަހެ، އޭނާގެ ވެރިރަސްކަލާނގެ حضرة ގައި އޭނާގެ ދަރުމަހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް (އެއްވެސް) ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
113وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَىٰ عَلَىٰ شَيْءٍ وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ وَهُمْ يَتْلُونَ الْكِتَابَ ۗ كَذَٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
يهودى ން ބުނެފޫއެވެ. نصارى އިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އަދި نصارى އިން ބުނެފޫއެވެ. يهودى ން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. (އެއުރެން އެހެން އެ ބުނަނީ) އެއުރެން ފޮތް (އެބަހީ: توراة އާއި إنجيل) ކިޔަވައިއުޅޭ حال ގައެވެ. ހަމައެފަދައިން، ނުދަންނަ މީހުން (އެބަހީ: عربى ންގެ كافر ން) ވެސްބުނީ، އެއުރެންގެ ބުނުންފަދައިންނެވެ. ފަހެ، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު قيامة ދުވަހުން އެއުރެންގެ މެދުގައި اللَّه حكم ކުރައްވާނެތެވެ
114وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) خراب ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ حال ގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ عذاب އެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
112އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 112

ސޫރަތު އަލް-ބަޤަރާ އާޔަތް 112 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެހެންނަކުންނޫނެވެ! ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ حال، އެމީހެއްގެ މޫނު (އެބަހީ: މުޅި…

ސޫރަތު އާޔަތް 112/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 110–114. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers