އަލް-ބަޤަރާ · 114/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ۝١١٤
Wa man azlamu mimmam-mana`a masaajidal laahi ai-yuzkara feehas muhoo wa sa`aa fee kharaabihaaa; ulaaa`ika maa kaana lahum ai yadkhuloohaaa illaa khaaa``feen; lahum fiddunyaa khizyunw wa lahum fil aakhirati `azaabun `azeem
📖 ދިވެހި މާނަ
اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) خراب ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ حال ގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ عذاب އެވެ

🎧 އަޑު އަހާ


📜 އާޔަތް 112-116 — ސޫރަތު އަލް-ބަޤަރާ

112بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
އެހެންނަކުންނޫނެވެ! ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ حال، އެމީހެއްގެ މޫނު (އެބަހީ: މުޅި އެމީހާ) اللَّه އަށް ކިޔަމަންކޮށްފި މީހަކަށް، ފަހެ، އޭނާގެ ވެރިރަސްކަލާނގެ حضرة ގައި އޭނާގެ ދަރުމަހުށްޓެވެ. އަދި އެއުރެންގެ މައްޗަކަށް (އެއްވެސް) ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
113وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَىٰ عَلَىٰ شَيْءٍ وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ وَهُمْ يَتْلُونَ الْكِتَابَ ۗ كَذَٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
يهودى ން ބުނެފޫއެވެ. نصارى އިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އަދި نصارى އިން ބުނެފޫއެވެ. يهودى ން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. (އެއުރެން އެހެން އެ ބުނަނީ) އެއުރެން ފޮތް (އެބަހީ: توراة އާއި إنجيل) ކިޔަވައިއުޅޭ حال ގައެވެ. ހަމައެފަދައިން، ނުދަންނަ މީހުން (އެބަހީ: عربى ންގެ كافر ން) ވެސްބުނީ، އެއުރެންގެ ބުނުންފަދައިންނެވެ. ފަހެ، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު قيامة ދުވަހުން އެއުރެންގެ މެދުގައި اللَّه حكم ކުރައްވާނެތެވެ
114وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) خراب ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ حال ގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ عذاب އެވެ
115وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ ۚ إِنَّ اللَّهَ وَاسِعٌ عَلِيمٌ
مشرق އާއި مغرب މިލްކުވެގެންވަނީ، اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް، އެތަނެއްގައި اللَّه ވޮޑިގެންވެއެވެ. ހަމަކަށަވަރުން، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
116وَقَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ بَل لَّهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ كُلٌّ لَّهُ قَانِتُونَ
اللَّه، ދަރިކަލަކު ހިއްޕެވިކަމަށް އެއުރެން ބުނެފޫއެވެ. (އެބަހީ: اللَّه އަށް ދަރިކަލަކު ވާކަމަށް يهودى ންނާއި نصارى އިންނާއި مشرك ން ބުނޫއެވެ.) އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ކިއެއްތަ! އުޑުތަކާއި ބިމުގައިވާހާ ތަކެއްޗަކާއި ކަމެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެންމެހާ ތަކެއްޗާއި ކަންތައް އެކަލާނގެއަށް ކިޔަމަންވެ، އަޅުވެތިވެގެންވެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
114އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 114

ސޫރަތު އަލް-ބަޤަރާ އާޔަތް 114 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން…

ސޫރަތު އާޔަތް 114/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 112–116. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers