އަލް-ބަޤަރާ · 118/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
وَقَالَ الَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا اللَّهُ أَوْ تَأْتِينَا آيَةٌ ۗ كَذَٰلِكَ قَالَ الَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَابَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا الْآيَاتِ لِقَوْمٍ يُوقِنُونَ ۝١١٨
Wa qaalal lazeena laa ya`lamoona law laa yukallimunal laahu aw taateenaaa aayah; kazaalika qaalal lazeena min qablihim misla qawlihim; tashaabahat quloobuhum; qad baiyannal aayaati liqawminy yooqinoon
📖 ދިވެހި މާނަ
އަދި ނުދަންނަ މީހުން ބުނެފޫއެވެ. اللَّه (ސީދާ) ތިމަންމެންނަށް ބަސް وحى ނުކުރައްވަނީ، ކީއްވެގެން ބާވައެވެ! ނުވަތަ (محمد ގެފާނުގެ ބަސްފުޅު ތެދުކަމުގެ) ހެތްކެއް ތިމަންމެންގެ ގާތަށް ނާންނަނީ، ކީއްވެގެން ބާވައެވެ! ހަމައެފަދައިން، އެއުރެންގެ ކުރިން އުޅުނު أمّة ތަކުގެ މީހުން ބުނީވެސް، އެއުރެންގެ ބުނުމާ އެއްފަދަ ބުނުމެކެވެ. އެއުރެންގެ ހިތްތައްވަނީ އެއްގޮތްވެގެންނެވެ. (އެފަދަ ކަންތައް) يقين ކުރާ މީހުންނަށް، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ހެކިތައް ބަޔާންކުރައްވައި އެންގެވީމެވެ

🎧 އަޑު އަހާ


📜 އާޔަތް 116-120 — ސޫރަތު އަލް-ބަޤަރާ

116وَقَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ بَل لَّهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ كُلٌّ لَّهُ قَانِتُونَ
اللَّه، ދަރިކަލަކު ހިއްޕެވިކަމަށް އެއުރެން ބުނެފޫއެވެ. (އެބަހީ: اللَّه އަށް ދަރިކަލަކު ވާކަމަށް يهودى ންނާއި نصارى އިންނާއި مشرك ން ބުނޫއެވެ.) އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ކިއެއްތަ! އުޑުތަކާއި ބިމުގައިވާހާ ތަކެއްޗަކާއި ކަމެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެންމެހާ ތަކެއްޗާއި ކަންތައް އެކަލާނގެއަށް ކިޔަމަންވެ، އަޅުވެތިވެގެންވެއެވެ
117بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ
(އެކަލާނގެއީ) އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ
118وَقَالَ الَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا اللَّهُ أَوْ تَأْتِينَا آيَةٌ ۗ كَذَٰلِكَ قَالَ الَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَابَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا الْآيَاتِ لِقَوْمٍ يُوقِنُونَ
އަދި ނުދަންނަ މީހުން ބުނެފޫއެވެ. اللَّه (ސީދާ) ތިމަންމެންނަށް ބަސް وحى ނުކުރައްވަނީ، ކީއްވެގެން ބާވައެވެ! ނުވަތަ (محمد ގެފާނުގެ ބަސްފުޅު ތެދުކަމުގެ) ހެތްކެއް ތިމަންމެންގެ ގާތަށް ނާންނަނީ، ކީއްވެގެން ބާވައެވެ! ހަމައެފަދައިން، އެއުރެންގެ ކުރިން އުޅުނު أمّة ތަކުގެ މީހުން ބުނީވެސް، އެއުރެންގެ ބުނުމާ އެއްފަދަ ބުނުމެކެވެ. އެއުރެންގެ ހިތްތައްވަނީ އެއްގޮތްވެގެންނެވެ. (އެފަދަ ކަންތައް) يقين ކުރާ މީހުންނަށް، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ހެކިތައް ބަޔާންކުރައްވައި އެންގެވީމެވެ
119إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْأَلُ عَنْ أَصْحَابِ الْجَحِيمِ
އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި، حق ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ. ފަހެ، ނަރަކައިގެ أهل ވެރިންނާމެދު ކަލޭގެފާނަކާ سؤال އެއް ނުކުރައްވާނެތެވެ
120وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
118އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 118

ސޫރަތު އަލް-ބަޤަރާ އާޔަތް 118 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ނުދަންނަ މީހުން ބުނެފޫއެވެ. اللَّه (ސީދާ) ތިމަންމެންނަށް ބަސް وحى ނުކުރައްވަނީ،…

ސޫރަތު އާޔަތް 118/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 116–120. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers