އަލް-ބަޤަރާ · 119/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْأَلُ عَنْ أَصْحَابِ الْجَحِيمِ ۝١١٩
Innaaa arsalnaaka bilhaqqi basheeranw wa nazeeranw wa laa tus`alu `am Ashaabil Jaheem
📖 ދިވެހި މާނަ
އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި، حق ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ. ފަހެ، ނަރަކައިގެ أهل ވެރިންނާމެދު ކަލޭގެފާނަކާ سؤال އެއް ނުކުރައްވާނެތެވެ

🎧 އަޑު އަހާ


📜 އާޔަތް 117-121 — ސޫރަތު އަލް-ބަޤަރާ

117بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ
(އެކަލާނގެއީ) އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ
118وَقَالَ الَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا اللَّهُ أَوْ تَأْتِينَا آيَةٌ ۗ كَذَٰلِكَ قَالَ الَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَابَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا الْآيَاتِ لِقَوْمٍ يُوقِنُونَ
އަދި ނުދަންނަ މީހުން ބުނެފޫއެވެ. اللَّه (ސީދާ) ތިމަންމެންނަށް ބަސް وحى ނުކުރައްވަނީ، ކީއްވެގެން ބާވައެވެ! ނުވަތަ (محمد ގެފާނުގެ ބަސްފުޅު ތެދުކަމުގެ) ހެތްކެއް ތިމަންމެންގެ ގާތަށް ނާންނަނީ، ކީއްވެގެން ބާވައެވެ! ހަމައެފަދައިން، އެއުރެންގެ ކުރިން އުޅުނު أمّة ތަކުގެ މީހުން ބުނީވެސް، އެއުރެންގެ ބުނުމާ އެއްފަދަ ބުނުމެކެވެ. އެއުރެންގެ ހިތްތައްވަނީ އެއްގޮތްވެގެންނެވެ. (އެފަދަ ކަންތައް) يقين ކުރާ މީހުންނަށް، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ހެކިތައް ބަޔާންކުރައްވައި އެންގެވީމެވެ
119إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْأَلُ عَنْ أَصْحَابِ الْجَحِيمِ
އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި، حق ދީނާއިގެން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީމެވެ. ފަހެ، ނަރަކައިގެ أهل ވެރިންނާމެދު ކަލޭގެފާނަކާ سؤال އެއް ނުކުރައްވާނެތެވެ
120وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ
121الَّذِينَ آتَيْنَاهُمُ الْكِتَابَ يَتْلُونَهُ حَقَّ تِلَاوَتِهِ أُولَٰئِكَ يُؤْمِنُونَ بِهِ ۗ وَمَن يَكْفُرْ بِهِ فَأُولَٰئِكَ هُمُ الْخَاسِرُونَ
ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ حق ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް إيمان ވެތެވެ. އަދި އެފޮތަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
119އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 119

ސޫރަތު އަލް-ބަޤަރާ އާޔަތް 119 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި،…

ސޫރަތު އާޔަތް 119/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 117–121. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers