އަން-ނަމްލު · 92/93
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަމްލު
وَأَنْ أَتْلُوَ الْقُرْآنَ ۖ فَمَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَقُلْ إِنَّمَا أَنَا مِنَ الْمُنذِرِينَ ۝٩٢
Wa an atluwal Qur-aana famanih tadaa fa innnamaa yahtadee linafsihee wa man dalla faqul innamaaa ana minal munzireen
📖 ދިވެހި މާނަ
އަދި قرآن ކިޔެވުމަށްވެސް ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވެއެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި މަގުފުރެދިއްޖެމީހާ (ދަންނާށެވެ! އެކަމުގެ ނުބައިކަން އޮތްކަން ކަށަވަރީވެސް ހަމަ އޭނާއަށެވެ!) ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، إنذار ކުރައްވާ ބޭކަލުންގެ ތެރެއިންނެވެ

🎧 އަޑު އަހާ


📜 އާޔަތް 90-93 — ސޫރަތު އަން-ނަމްލު

90وَمَن جَاءَ بِالسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِي النَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ
އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މޫނުތައް ވަތަށް، ނަރަކައަށް ވެއްޓޭހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
91إِنَّمَا أُمِرْتُ أَنْ أَعْبُدَ رَبَّ هَٰذِهِ الْبَلْدَةِ الَّذِي حَرَّمَهَا وَلَهُ كُلُّ شَيْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُسْلِمِينَ
ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، މިރަށުގެ (އެބަހީ: مكة ގެ) ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއީ، އެރަށް حرمة ތެރިކުރެއްވި ރަސްކަލާނގެއެވެ. އަދި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ
92وَأَنْ أَتْلُوَ الْقُرْآنَ ۖ فَمَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَقُلْ إِنَّمَا أَنَا مِنَ الْمُنذِرِينَ
އަދި قرآن ކިޔެވުމަށްވެސް ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވެއެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި މަގުފުރެދިއްޖެމީހާ (ދަންނާށެވެ! އެކަމުގެ ނުބައިކަން އޮތްކަން ކަށަވަރީވެސް ހަމަ އޭނާއަށެވެ!) ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، إنذار ކުރައްވާ ބޭކަލުންގެ ތެރެއިންނެވެ
93وَقُلِ الْحَمْدُ لِلَّهِ سَيُرِيكُمْ آيَاتِهِ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ
އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުށްޓެވެ. ދެން އެކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެނެއްނުވެތެވެ
އަން-ނަމްލުޤުރުއާން ފިހުރިސްތު
93އާޔަތް
MeccanRevelation
92އާޔަތް

ތަރުޖަމާ — އަން-ނަމްލު 92

ސޫރަތު އަން-ނަމްލު އާޔަތް 92 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި قرآن ކިޔެވުމަށްވެސް ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވެއެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!)…

ސޫރަތު އާޔަތް 92/93 — ސޫރަތު އަން-ނަމްލު النمل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަމްލު އަޑު އަހާ, ސޫރަތު އަން-ނަމްލު ތަރުޖަމާ, ސޫރަތު އަން-ނަމްލު mp3, ސޫރަތު އަން-ނަމްލު pdf. އާޔަތް 90–93. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers