އާލު-ޢިމްރާން · 144/200
ތަރުޖަމާ ކިޔެވުން — އާލު-ޢިމްރާން
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ ۝١٤٤
Wa maa Muhammadun illaa Rasoolun qad khalat min qablihir Rusul; afa`im maata aw qutilan qalabtum `alaaa a`qaabikum; wa mai yanqalib `alaa aqibihi falai yadurral laaha shai`aa; wa sayajzil laahush shaakireen
📖 ދިވެހި މާނަ
رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ قتل ވެއްޖެނަމަ، ތިޔަބައިމީހުން (كافر ވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. شكر ކުރާ މީހުންނަށް اللَّه ޖަޒާ ދެއްވާނެތެވެ

🎧 އަޑު އަހާ


📜 އާޔަތް 142-146 — އާލު-ޢިމްރާން

142أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنكُمْ وَيَعْلَمَ الصَّابِرِينَ
ތިޔަބައިމީހުންގެ ތެރެއިން جهاد ކުޅަމީހުން اللَّه ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް އަދި، ކެތްތެރިންވެސް ދެނެވޮޑިގެންވެ، އެކަން ހާމަނުވަނީސް ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟
143وَلَقَدْ كُنتُمْ تَمَنَّوْنَ الْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ
އަދި، މަރުވުމަށް އެދޭކަމުގައި (އެބަހީ: شهيد ވުމަށް އެދޭ ބަޔަކު ކަމުގައި) ހަމަކަށަވަރުންވެސް ތިޔަބައިމީހުން ވީމުއެވެ. (އެއީ) ތިޔަބައިމީހުން އެ މަރާ ބައްދަލުކުރުމުގެ ކުރީގައެވެ. ފަހެ، (މިހާރު) ތިޔަބައިމީހުން ލޮލުން ދެކޭ حال ގައި ތިޔަބައިމީހުންނަށް އެކަންތައް ފެނިއްޖެކަން ކަށަވަރެވެ
144وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ
رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ قتل ވެއްޖެނަމަ، ތިޔަބައިމީހުން (كافر ވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. شكر ކުރާ މީހުންނަށް اللَّه ޖަޒާ ދެއްވާނެތެވެ
145وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ اللَّهِ كِتَابًا مُّؤَجَّلًا ۗ وَمَن يُرِدْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا وَمَن يُرِدْ ثَوَابَ الْآخِرَةِ نُؤْتِهِ مِنْهَا ۚ وَسَنَجْزِي الشَّاكِرِينَ
އަދި، اللَّه ގެ إذن ފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް نفس އަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، آخرة ގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، شكر ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ
146وَكَأَيِّن مِّن نَّبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا لِمَا أَصَابَهُمْ فِي سَبِيلِ اللَّهِ وَمَا ضَعُفُوا وَمَا اسْتَكَانُوا ۗ وَاللَّهُ يُحِبُّ الصَّابِرِينَ
އެ ނަބިއްޔުންގެ އަރިހުގައި ގިނަވެގެންވާ جماعة ތައް ހަނގުރާމަކުޅައީ ކިތައްކިތައް ނަބިއްޔުންހޭ؟ ފަހެ، اللَّه ގެ މަގުގައި އެއުރެންނަށް ޖެހުނު ކަންތަކަށް އެއުރެން ފިނޑިއެއްނުވިއެވެ. އަދި، އެއުރެން ނިކަމެއްޗެއްވެސް ނުވިއެވެ. އަދި، (دشمن ންގެ ކުރިމަތީގައިި) އެއުރެން ބަލިކަށްޓެއްވެސް ނުވިއެވެ. ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
144އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 144

ސޫރަތު އާލު-ޢިމްރާން އާޔަތް 144 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް…

ސޫރަތު އާޔަތް 144/200 — އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އާލު-ޢިމްރާން އަޑު އަހާ, އާލު-ޢިމްރާން ތަރުޖަމާ, އާލު-ޢިމްރާން mp3, އާލު-ޢިމްރާން pdf. އާޔަތް 142–146. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers