އަރް-ރޫމް · 51/60
ތަރުޖަމާ ކިޔެވުން — ސޫރަތު އަރް-ރޫމް
وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَّظَلُّوا مِن بَعْدِهِ يَكْفُرُونَ ۝٥١
Wa la`in arsalnaa reehan fara awhu musfarral lazalloo mim ba`dihee yakfuroon
📖 ދިވެހި މާނަ
(اللَّه ފޮނުއްވި رحمة ގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވައިރޯޅިއެއް ފޮނުއްވައި (އޭގެ ސަބަބުން) އެ ގަސްތައް ދޮންވެ، ހިކިގެންދާތަން އެއުރެންނަށް ފެނިއްޖެނަމަ، އޭގެފަހުންވެސް އެއުރެން كافر ވުމުގައި ދެމިތިބޭކަން ކަށަވަރެވެ

🎧 އަޑު އަހާ


📜 އާޔަތް 49-53 — ސޫރަތު އަރް-ރޫމް

49وَإِن كَانُوا مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِ لَمُبْلِسِينَ
އަދި އޭގެކުރިން އެއުރެންގެ މައްޗަށް ވާރޭ ވެއްސެވުމުގެކުރިން އުންމީދު ކެނޑި، މާޔޫސްވެފައި ތިބިބަޔަކު ކަމުގައި އެއުރެންވޫއެވެ
50فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ ذَٰلِكَ لَمُحْيِي الْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ފަހެ، اللَّه ގެ رحمة ގެ އަސަރުތައް ދެކެބަލާށެވެ! ބިންގަނޑު މަރުވުމަށްފަހު، (ވާރޭގެ ސަބަބުން) އެކަލާނގެ އެ ބިންގަނޑު ދިރުއްވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލާނގެއީ، މަރުވެފައިވާ މީހުން ދިރުއްވާ ރަސްކަލާނގެކަން ކަށަވަރެވެ. އެކަލާނގެއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ
51وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَّظَلُّوا مِن بَعْدِهِ يَكْفُرُونَ
(اللَّه ފޮނުއްވި رحمة ގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވައިރޯޅިއެއް ފޮނުއްވައި (އޭގެ ސަބަބުން) އެ ގަސްތައް ދޮންވެ، ހިކިގެންދާތަން އެއުރެންނަށް ފެނިއްޖެނަމަ، އޭގެފަހުންވެސް އެއުރެން كافر ވުމުގައި ދެމިތިބޭކަން ކަށަވަރެވެ
52فَإِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ
ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަކަށް މަރުވެފައިވާ މީހުންނަށް އަޑެއް ނީއްވެވޭނެތެވެ. އަދި ބީރު މީހުންނަށް އެއުރެން ފުރަގަސްދީ ދާހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެވެ
53وَمَا أَنتَ بِهَادِ الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ
އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެއުރެންގެ މަގުފުރެދުމުން އެއްކިބާ ކުރައްވައި، (ތެދުމަގު ދައްކަވާ) هادى އަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ ބަޔަކަށް މެނުވީ، ކަލޭގެފާނަކަށް ނީއްވެވޭނެތެވެ. ފަހެ، އެއުރެންނީ، اللَّه އަށް ކިޔަމަންވާ މީހުންނެވެ
އަރް-ރޫމްޤުރުއާން ފިހުރިސްތު
60އާޔަތް
MeccanRevelation
51އާޔަތް

ތަރުޖަމާ — އަރް-ރޫމް 51

ސޫރަތު އަރް-ރޫމް އާޔަތް 51 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (اللَّه ފޮނުއްވި رحمة ގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން،…

ސޫރަތު އާޔަތް 51/60 — ސޫރަތު އަރް-ރޫމް الروم (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަރް-ރޫމް އަޑު އަހާ, ސޫރަތު އަރް-ރޫމް ތަރުޖަމާ, ސޫރަތު އަރް-ރޫމް mp3, ސޫރަތު އަރް-ރޫމް pdf. އާޔަތް 49–53. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers