އަލް-އަޙްޒާބް · 24/73
ތަރުޖަމާ ކިޔެވުން — އަލް-އަޙްޒާބް
لِّيَجْزِيَ اللَّهُ الصَّادِقِينَ بِصِدْقِهِمْ وَيُعَذِّبَ الْمُنَافِقِينَ إِن شَاءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ اللَّهَ كَانَ غَفُورًا رَّحِيمًا ۝٢٤
Li yajziyal aahus saadiqeena bisidqihim wa yu`azzibal munaafiqeena in shaaa`a aw yatooba `alaihim; innal laaha kaana Ghafoorar Raheemaa
📖 ދިވެހި މާނަ
(އެއީ) ތެދުވެރިވީ މީހުންނަށް، އެއުރެން ތެދުވެރިވީކަމަށްޓަކައި، اللَّه ހެޔޮ ޖަޒާދެއްވުމަށާއި، އެކަލާނގެ އިރާދަކުރައްވައިފިނަމަ، منافق ންނަށް عذاب ދެއްވުމަށް، ނުވަތަ އެއުރެންގެ މައްޗަށް توبة ލެއްވުމަށެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 22-26 — އަލް-އަޙްޒާބް

22وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَٰذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ ۚ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا
އަދި (كافر ންގެ) جماعة ތައް مؤمن ންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ
23مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا
اللَّه އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ
24لِّيَجْزِيَ اللَّهُ الصَّادِقِينَ بِصِدْقِهِمْ وَيُعَذِّبَ الْمُنَافِقِينَ إِن شَاءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ اللَّهَ كَانَ غَفُورًا رَّحِيمًا
(އެއީ) ތެދުވެރިވީ މީހުންނަށް، އެއުރެން ތެދުވެރިވީކަމަށްޓަކައި، اللَّه ހެޔޮ ޖަޒާދެއްވުމަށާއި، އެކަލާނގެ އިރާދަކުރައްވައިފިނަމަ، منافق ންނަށް عذاب ދެއްވުމަށް، ނުވަތަ އެއުރެންގެ މައްޗަށް توبة ލެއްވުމަށެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
25وَرَدَّ اللَّهُ الَّذِينَ كَفَرُوا بِغَيْظِهِمْ لَمْ يَنَالُوا خَيْرًا ۚ وَكَفَى اللَّهُ الْمُؤْمِنِينَ الْقِتَالَ ۚ وَكَانَ اللَّهُ قَوِيًّا عَزِيزًا
كافر ވި މީހުން އެއުރެންގެ ރުޅިވެރިކަމާއެކު اللَّه (އެއުރެން) ރައްދުކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި اللَّه مؤمن ންނަށް ހަނގުރާމަކުރުން ފުއްދަވައި ދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަހަނގުރާމައެއް ނުކޮށް އެކަން ނިމިއްޖެއެވެ.) އަދި اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
26وَأَنزَلَ الَّذِينَ ظَاهَرُوهُم مِّنْ أَهْلِ الْكِتَابِ مِن صَيَاصِيهِمْ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ فَرِيقًا تَقْتُلُونَ وَتَأْسِرُونَ فَرِيقًا
އަދި އެކަލާނގެ، ފޮތުގެ أهل ވެރިންކުރެ އެއުރެންނަށް ވާގިދިން މީހުން، އެއުރެންގެ ކިއްލާތަކުން ބޭލުއްވިއެވެ. އަދި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ތިޔަބައިމީހުން (އޭގެ) އެއްބަޔަކު قتل ކުރަމުން ގެންދިޔައީމުއެވެ. އަދި އަނެއްބަޔަކު ހައްޔަރުކުރަމުން ގެންދިޔައީމުއެވެ
އަލް-އަޙްޒާބްޤުރުއާން ފިހުރިސްތު
73އާޔަތް
MedinanRevelation
24އާޔަތް

ތަރުޖަމާ — އަލް-އަޙްޒާބް 24

ސޫރަތު އަލް-އަޙްޒާބް އާޔަތް 24 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (އެއީ) ތެދުވެރިވީ މީހުންނަށް، އެއުރެން ތެދުވެރިވީކަމަށްޓަކައި، اللَّه ހެޔޮ ޖަޒާދެއްވުމަށާއި، އެކަލާނގެ އިރާދަކުރައްވައިފިނަމަ،…

ސޫރަތު އާޔަތް 24/73 — އަލް-އަޙްޒާބް الأحزاب (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޙްޒާބް އަޑު އަހާ, އަލް-އަޙްޒާބް ތަރުޖަމާ, އަލް-އަޙްޒާބް mp3, އަލް-އަޙްޒާބް pdf. އާޔަތް 22–26. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers