ފާޠިރު · 33/45
ތަރުޖަމާ ކިޔެވުން — ފާޠިރު
جَنَّاتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ۝٣٣
jannaatu `adniny yad khuloonahaa yuhallawna feeha min asaawira min zahabinw wa lu`lu`anw wa libaa suhum feehaa hareer
📖 ދިވެހި މާނަ
(އެއީ) عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެއުރެން އެ ސުވަރުގެތަކަށް ވަންނާނެތެވެ. އެތާނގައި ރަނުންނާއި ރަންމުތުންވާ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ. އަދި އެތާނގައި އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ
🎧 އަޑު އަހާ

📜 އާޔަތް 31-35 — ފާޠިރު

31وَالَّذِي أَوْحَيْنَا إِلَيْكَ مِنَ الْكِتَابِ هُوَ الْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ اللَّهَ بِعِبَادِهِ لَخَبِيرٌ بَصِيرٌ
ފޮތުގެ ތެރެއިން ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރެއްވި ތަކެއްޗަކީ، އޭގެކުރީގައިވާ ފޮތްތައް ތެދުކުރާ حق ތެދުބަސްފުޅެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ
32ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ
ދެން ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެ خيار ކުރެއްވި ބަޔަކަށް، ފޮތް ވާރުތަކޮށްދެއްވީމެވެ. ފަހެ، އެއުރެންގެ އަމިއްލަ نفس އަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ. އަދި (ހެޔޮކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި اللَّه ގެ إذن ފުޅާއެކު، ހެޔޮކަންތަކުގައި ކުރިއަރައިދާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ فضل ވަންތަކަމަކީ ހަމައެއީއެވެ
33جَنَّاتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
(އެއީ) عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެއުރެން އެ ސުވަރުގެތަކަށް ވަންނާނެތެވެ. އެތާނގައި ރަނުންނާއި ރަންމުތުންވާ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ. އަދި އެތާނގައި އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ
34وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ
އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ
35الَّذِي أَحَلَّنَا دَارَ الْمُقَامَةِ مِن فَضْلِهِ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ
އެކަލާނގެއީ، އެކަލާނގެ فضل ވަންތަކަމުން، ތިމަންމެން قائم ވެ ތިބުމުގެ ގޮވަތީގައި (އެބަހީ: ސުވަރުގޭގައި) ވަޒަންވެރިކުރެއްވި ރަސްކަލާނގެއެވެ. އެތާނގައި ވަރުބަލިވުމެއް ތިމަންމެންނަކަށް ނުލިބޭނެތެވެ. އަދި އެތާނގައި ފޫހިކަމެއްވެސް ތިމަންމެންނަކަށް ނުމެލިބޭނޭމެއެވެ
ފާޠިރުޤުރުއާން ފިހުރިސްތު
45އާޔަތް
MeccanRevelation
33އާޔަތް

ތަރުޖަމާ — ފާޠިރު 33

ސޫރަތު ފާޠިރު އާޔަތް 33 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : (އެއީ) عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެއުރެން އެ ސުވަރުގެތަކަށް ވަންނާނެތެވެ. އެތާނގައި…

ސޫރަތު އާޔަތް 33/45 — ފާޠިރު فاطر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ފާޠިރު އަޑު އަހާ, ފާޠިރު ތަރުޖަމާ, ފާޠިރު mp3, ފާޠިރު pdf. އާޔަތް 31–35. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers