ފާޠިރު · 32/45
ތަރުޖަމާ ކިޔެވުން — ސޫރަތު ފާޠިރު
ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ ۝٣٢
Summa awrasnal Kitaaballazeenas tafainaa min `ibaadinaa faminhum zaalimul linafsihee wa minhum muqtasid, wa minhum saabiqum bilkhairaati bi iznil laah; zaalika huwal fadlul kabeer
📖 ދިވެހި މާނަ
ދެން ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެ خيار ކުރެއްވި ބަޔަކަށް، ފޮތް ވާރުތަކޮށްދެއްވީމެވެ. ފަހެ، އެއުރެންގެ އަމިއްލަ نفس އަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ. އަދި (ހެޔޮކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި اللَّه ގެ إذن ފުޅާއެކު، ހެޔޮކަންތަކުގައި ކުރިއަރައިދާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ فضل ވަންތަކަމަކީ ހަމައެއީއެވެ

🎧 އަޑު އަހާ


📜 އާޔަތް 30-34 — ސޫރަތު ފާޠިރު

30لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ
(އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ
31وَالَّذِي أَوْحَيْنَا إِلَيْكَ مِنَ الْكِتَابِ هُوَ الْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ اللَّهَ بِعِبَادِهِ لَخَبِيرٌ بَصِيرٌ
ފޮތުގެ ތެރެއިން ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރެއްވި ތަކެއްޗަކީ، އޭގެކުރީގައިވާ ފޮތްތައް ތެދުކުރާ حق ތެދުބަސްފުޅެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ
32ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ
ދެން ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެ خيار ކުރެއްވި ބަޔަކަށް، ފޮތް ވާރުތަކޮށްދެއްވީމެވެ. ފަހެ، އެއުރެންގެ އަމިއްލަ نفس އަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ. އަދި (ހެޔޮކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި اللَّه ގެ إذن ފުޅާއެކު، ހެޔޮކަންތަކުގައި ކުރިއަރައިދާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ فضل ވަންތަކަމަކީ ހަމައެއީއެވެ
33جَنَّاتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
(އެއީ) عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެއުރެން އެ ސުވަރުގެތަކަށް ވަންނާނެތެވެ. އެތާނގައި ރަނުންނާއި ރަންމުތުންވާ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ. އަދި އެތާނގައި އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ
34وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ
އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ
ފާޠިރުޤުރުއާން ފިހުރިސްތު
45އާޔަތް
MeccanRevelation
32އާޔަތް

ތަރުޖަމާ — ފާޠިރު 32

ސޫރަތު ފާޠިރު އާޔަތް 32 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދެން ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެ خيار ކުރެއްވި ބަޔަކަށް، ފޮތް ވާރުތަކޮށްދެއްވީމެވެ.…

ސޫރަތު އާޔަތް 32/45 — ސޫރަތު ފާޠިރު فاطر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ފާޠިރު އަޑު އަހާ, ސޫރަތު ފާޠިރު ތަރުޖަމާ, ސޫރަތު ފާޠިރު mp3, ސޫރަތު ފާޠިރު pdf. އާޔަތް 30–34. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, September 8, 2026

Don't forget us in your sincere prayers