އަލް-އަންޢާމް · 37/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
وَقَالُوا لَوْلَا نُزِّلَ عَلَيْهِ آيَةٌ مِّن رَّبِّهِ ۚ قُلْ إِنَّ اللَّهَ قَادِرٌ عَلَىٰ أَن يُنَزِّلَ آيَةً وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ۝٣٧
Wa qaaloo law laa nuzzila `alaihi Aayatum mir Rabbih; qul innal laaha qaadirun `alaaa ai yunazzila Aayatanw wa laakinna aksarahum laa ya`lamoon
📖 ދިވެހި މާނަ
އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނަށް معجزة އެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، معجزة އެއް ބާވައިލެއްވުމަށްވެސް اللَّه ކުޅަދުންވަންތައެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 35-39 — އަލް-އަންޢާމް

35وَإِن كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ اسْتَطَعْتَ أَن تَبْتَغِيَ نَفَقًا فِي الْأَرْضِ أَوْ سُلَّمًا فِي السَّمَاءِ فَتَأْتِيَهُم بِآيَةٍ ۚ وَلَوْ شَاءَ اللَّهُ لَجَمَعَهُمْ عَلَى الْهُدَىٰ ۚ فَلَا تَكُونَنَّ مِنَ الْجَاهِلِينَ
އެއުރެން އެނބުރި ފުރަގަސްދިނުން ކަލޭގެފާނަށް ބޮޑުކަމަކަށް ވެއްޖެނަމަ، އެއުރެންނަށް معجزة އެއް ގެނެސް ދެއްވުމަށްޓަކައި ބިމުގެ އަޑީގައި ބިންގަރާހެއް ނުވަތަ އުޑަށް އަރާނެ ސިޑިއެއް ހޯއްދެވުމަށް ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ، އެކަންކުރައްވައި ބައްލަވާށެވެ! (އެބަހީ: ކަލޭގެފާނަކަށް އެކަމެއް ނުކުރެއްވޭނެއެވެ. ކަލޭގެފާނަށް އޮތްކަމަކީ اللَّه ގެ حكم ފުޅު އަތުވެއްޖައުމަށް ދާނދެން ކެތްކުރެއްވުމެވެ.) اللَّه އިރާދަކުރެއްވިނަމަ، ތެދުމަގުގެ މައްޗަށް އެއުރެން އެއްކުރައްވައިފީހެވެ. ފަހެ، ހަމަކަށަވަރުން، جاهل ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ
36۞ إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ
ހަމަކަށަވަރުން (ކަލޭގެފާނުންގެ ގޮވައިލެއްވުމަށް) އިޖާބަދެނީ (ވިސްނުމާއެކު) އަޑުއަހާ މީހުންނެވެ. އަދި اللَّه، މަރުވެފައިވާ މީހުން އަލުން ދިރުއްވާހުށްޓެވެ. ދެން އެއުރެން އަނބުރާ رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ
37وَقَالُوا لَوْلَا نُزِّلَ عَلَيْهِ آيَةٌ مِّن رَّبِّهِ ۚ قُلْ إِنَّ اللَّهَ قَادِرٌ عَلَىٰ أَن يُنَزِّلَ آيَةً وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނަށް معجزة އެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، معجزة އެއް ބާވައިލެއްވުމަށްވެސް اللَّه ކުޅަދުންވަންތައެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ
38وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ
ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامة ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ
39وَالَّذِينَ كَذَّبُوا بِآيَاتِنَا صُمٌّ وَبُكْمٌ فِي الظُّلُمَاتِ ۗ مَن يَشَإِ اللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُّسْتَقِيمٍ
ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންވަނީ، އަނދިރިތަކެއްގެ ތެރޭގައިވާ، ބީރު އަދި މަންމަން ބަޔަކުކަމުގައެވެ. اللَّه އިރާދަކުރައްވާ މީހަކު މަގު ފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު ސީދާ ވެގެންވާ ތެދުމަގެއްގައި ލަހައްޓަވަތެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
37އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 37

ސޫރަތު އަލް-އަންޢާމް އާޔަތް 37 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން ބުނެފޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނަށް معجزة އެއް ބާވައިލައްވާފައި…

ސޫރަތު އާޔަތް 37/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 35–39. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers