އަތް-ތައުބާ · 50/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
إِن تُصِبْكَ حَسَنَةٌ تَسُؤْهُمْ ۖ وَإِن تُصِبْكَ مُصِيبَةٌ يَقُولُوا قَدْ أَخَذْنَا أَمْرَنَا مِن قَبْلُ وَيَتَوَلَّوا وَّهُمْ فَرِحُونَ ۝٥٠
in tusibka hasanatun tasu`hum; wa in tusibka museebatuny yaqooloo qad akhaznaaa amranaa min qablu wa yatawallaw wa hum farihoon
📖 ދިވެހި މާނަ
ކަލޭގެފާނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަަ، އެކަން އެއުރެންނަށް ހިތާމައަކަށް ވެތެވެ. އަދި ކަލޭގެފާނަށް مصيبة އެއް މެދުވެރިވެއްޖެނަމަ، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން ކުރިއްސުރެން މިތިބީ، ރައްކާތެރިކަމުގައި ހިފައިގެންނެވެ. އަދި އުފަލުންތިބެ، އެއުރެން އެނބުރި ހިނގައިދާނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 48-52 — އަތް-ތައުބާ

48لَقَدِ ابْتَغَوُا الْفِتْنَةَ مِن قَبْلُ وَقَلَّبُوا لَكَ الْأُمُورَ حَتَّىٰ جَاءَ الْحَقُّ وَظَهَرَ أَمْرُ اللَّهِ وَهُمْ كَارِهُونَ
ކުރިންވެސް އެއުރެން ފިތުނަވެރިކަމަށް އެދިގެން އުޅުނުކަން ކަށަވަރެވެ. އަދި اللَّه ގެ أمر ފުޅު ފާޅުވެ، حق ބަސްފުޅު އަތުވެއްޖައުމަށްދާނދެން، އެއުރެން (އެކަމަށް) ނުރުހޭ حال ގައި، ކަލޭގެފާނަށް ކެހިދިނުމުގެ ކަންތައް އެއުރެން ރާވައި އުޅުނޫއެވެ
49وَمِنْهُم مَّن يَقُولُ ائْذَن لِّي وَلَا تَفْتِنِّي ۚ أَلَا فِي الْفِتْنَةِ سَقَطُوا ۗ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِالْكَافِرِينَ
އަދި (ހަނގުރާމައަށް ނުގޮސްހުރުމުގެ) إذن ތިމަންނާއަށް ދެއްވާށޭ، އަދި ތިމަން ފިތުނަވެރި ނުކުރައްވާށޭ ބުނާ މީހަކު، އެއުރެންގެ ތެރެއިން ވެތެވެ. ދަންނާށެވެ! އެއުރެން ވެއްޓިގެން އެދިޔައީ، ހަމަ، ފިތުނައިގެ ތެރެއަށެވެ. އަދި ހަމަކަށަވަރުން، ނަރަކަ ވަނީ، كافر ން ވަށާލައިފައެވެ
50إِن تُصِبْكَ حَسَنَةٌ تَسُؤْهُمْ ۖ وَإِن تُصِبْكَ مُصِيبَةٌ يَقُولُوا قَدْ أَخَذْنَا أَمْرَنَا مِن قَبْلُ وَيَتَوَلَّوا وَّهُمْ فَرِحُونَ
ކަލޭގެފާނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަަ، އެކަން އެއުރެންނަށް ހިތާމައަކަށް ވެތެވެ. އަދި ކަލޭގެފާނަށް مصيبة އެއް މެދުވެރިވެއްޖެނަމަ، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން ކުރިއްސުރެން މިތިބީ، ރައްކާތެރިކަމުގައި ހިފައިގެންނެވެ. އަދި އުފަލުންތިބެ، އެއުރެން އެނބުރި ހިނގައިދާނެތެވެ
51قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، اللَّه އަށް وكيل ކުރާހުށިކަމެވެ
52قُلْ هَلْ تَرَبَّصُونَ بِنَا إِلَّا إِحْدَى الْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ اللَّهُ بِعَذَابٍ مِّنْ عِندِهِ أَوْ بِأَيْدِينَا ۖ فَتَرَبَّصُوا إِنَّا مَعَكُم مُّتَرَبِّصُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮދެގޮތުން އެއްގޮތްނޫނީ، އަހަރެމެންނާމެދު ތިޔަބައިމީހުން انتظار ކުރަމުހޭ؟ އަދި ތިމަންމެން ތިޔަބައިމީހުންނާމެދު انتظار ކޮށްކޮށް ތިބެނީ، އެކަލާނގެ حضرة ން، ނުވަތަ ތިމަންމެންގެ އަތްމަތިން، اللَّه ތިޔަބައިމީހުންނަށް عذاب އެއް ފޮނުއްވައިފާނެ ކަމަށެވެ. ފަހެ، ތިޔަބައިމީހުން انتظار ކޮށްކޮށް ތިބޭށެވެ! ހަމަކަށަވަރުން، ތިމަންމެންނީވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ ބަޔަކީމުއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
50އާޔަތް

ތަރުޖަމާ — އަތް-ތައުބާ 50

ސޫރަތު އަތް-ތައުބާ އާޔަތް 50 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަަ، އެކަން އެއުރެންނަށް ހިތާމައަކަށް ވެތެވެ. އަދި ކަލޭގެފާނަށް مصيبة…

ސޫރަތު އާޔަތް 50/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 48–52. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers