އަތް-ތައުބާ · 52/129
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ތައުބާ
قُلْ هَلْ تَرَبَّصُونَ بِنَا إِلَّا إِحْدَى الْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ اللَّهُ بِعَذَابٍ مِّنْ عِندِهِ أَوْ بِأَيْدِينَا ۖ فَتَرَبَّصُوا إِنَّا مَعَكُم مُّتَرَبِّصُونَ ۝٥٢
Qul hal tarabbasoona binaaa illaaa ihdal husnayayni wa nahnu natrabbasu bikum ai yus eebakumul laahu bi`azaa bim min `indiheee aw biaidee naa fatarabbasooo innaa ma`akum mutarabbisoon
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮދެގޮތުން އެއްގޮތްނޫނީ، އަހަރެމެންނާމެދު ތިޔަބައިމީހުން انتظار ކުރަމުހޭ؟ އަދި ތިމަންމެން ތިޔަބައިމީހުންނާމެދު انتظار ކޮށްކޮށް ތިބެނީ، އެކަލާނގެ حضرة ން، ނުވަތަ ތިމަންމެންގެ އަތްމަތިން، اللَّه ތިޔަބައިމީހުންނަށް عذاب އެއް ފޮނުއްވައިފާނެ ކަމަށެވެ. ފަހެ، ތިޔަބައިމީހުން انتظار ކޮށްކޮށް ތިބޭށެވެ! ހަމަކަށަވަރުން، ތިމަންމެންނީވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ ބަޔަކީމުއެވެ

🎧 އަޑު އަހާ


📜 އާޔަތް 50-54 — ސޫރަތު އަތް-ތައުބާ

50إِن تُصِبْكَ حَسَنَةٌ تَسُؤْهُمْ ۖ وَإِن تُصِبْكَ مُصِيبَةٌ يَقُولُوا قَدْ أَخَذْنَا أَمْرَنَا مِن قَبْلُ وَيَتَوَلَّوا وَّهُمْ فَرِحُونَ
ކަލޭގެފާނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަަ، އެކަން އެއުރެންނަށް ހިތާމައަކަށް ވެތެވެ. އަދި ކަލޭގެފާނަށް مصيبة އެއް މެދުވެރިވެއްޖެނަމަ، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން ކުރިއްސުރެން މިތިބީ، ރައްކާތެރިކަމުގައި ހިފައިގެންނެވެ. އަދި އުފަލުންތިބެ، އެއުރެން އެނބުރި ހިނގައިދާނެތެވެ
51قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، اللَّه އަށް وكيل ކުރާހުށިކަމެވެ
52قُلْ هَلْ تَرَبَّصُونَ بِنَا إِلَّا إِحْدَى الْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ اللَّهُ بِعَذَابٍ مِّنْ عِندِهِ أَوْ بِأَيْدِينَا ۖ فَتَرَبَّصُوا إِنَّا مَعَكُم مُّتَرَبِّصُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮދެގޮތުން އެއްގޮތްނޫނީ، އަހަރެމެންނާމެދު ތިޔަބައިމީހުން انتظار ކުރަމުހޭ؟ އަދި ތިމަންމެން ތިޔަބައިމީހުންނާމެދު انتظار ކޮށްކޮށް ތިބެނީ، އެކަލާނގެ حضرة ން، ނުވަތަ ތިމަންމެންގެ އަތްމަތިން، اللَّه ތިޔަބައިމީހުންނަށް عذاب އެއް ފޮނުއްވައިފާނެ ކަމަށެވެ. ފަހެ، ތިޔަބައިމީހުން انتظار ކޮށްކޮށް ތިބޭށެވެ! ހަމަކަށަވަރުން، ތިމަންމެންނީވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ ބަޔަކީމުއެވެ
53قُلْ أَنفِقُوا طَوْعًا أَوْ كَرْهًا لَّن يُتَقَبَّلَ مِنكُمْ ۖ إِنَّكُمْ كُنتُمْ قَوْمًا فَاسِقِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުހުމުގައި، ނުވަތަ ނުރުހުމުގައި ހޭދަކުރިޔަސް، ތިޔަބައިމީހުންގެ ކިބަޔަކުން އެކަން قبول އެއް ނުކުރައްވާ ހުށްޓެވެ. އެހެނީ ހަމަކަށަވަރުން، ތިޔަބައިމީހުންވީ، فاسق ބަޔަކު ކަމުގައެވެ
54وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَارِهُونَ
އަދި ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ رسول އާއަށް كافر ވިކަމާއި، އެއުރެން ކަންނެތްބަޔަކު ކަމުގައި ތިބެގެން މެނުވީ، ނަމާދަށް ނާންނަކަމާއި، ނުރުހިތިބި ބަޔަކު ކަމުގައިވާ حال ގައި މެނުވީ، ހޭދަނުކުރާކަމާއި، މިކަންކަން ފިޔަވައި އެއުރެންގެ ހޭދަތައް އެއުރެންގެ ކިބައިން قبول ކުރެއްވުން މަނާކުރާކަމެއް ނެތެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
52އާޔަތް

ތަރުޖަމާ — އަތް-ތައުބާ 52

ސޫރަތު އަތް-ތައުބާ އާޔަތް 52 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮދެގޮތުން އެއްގޮތްނޫނީ، އަހަރެމެންނާމެދު ތިޔަބައިމީހުން انتظار ކުރަމުހޭ؟ އަދި ތިމަންމެން…

ސޫރަތު އާޔަތް 52/129 — ސޫރަތު އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ތައުބާ އަޑު އަހާ, ސޫރަތު އަތް-ތައުބާ ތަރުޖަމާ, ސޫރަތު އަތް-ތައުބާ mp3, ސޫރަތު އަތް-ތައުބާ pdf. އާޔަތް 50–54. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers