އަތް-ތައުބާ · 7/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ اللَّهِ وَعِندَ رَسُولِهِ إِلَّا الَّذِينَ عَاهَدتُّمْ عِندَ الْمَسْجِدِ الْحَرَامِ ۖ فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ ۚ إِنَّ اللَّهَ يُحِبُّ الْمُتَّقِينَ ۝٧
Kaifa yakoonu lilmush rikeena `ahdun `indallaahi wa `inda Rasoolihee illal lazeena `aahattum `indal Masjidil Haraami famas taqaamoo lakum fastaqeemoo lahum; innallaaha yuhibbul muttaqeen
📖 ދިވެހި މާނަ
اللَّه ގެ حضرة ގައްޔާއި، އެކަލާނގެ رسول އާގެ އަރިހުގައި، مشرك ންނަށް عهد އެއް އޮންނާނީ، ކޮންފަދައަކުން ހެއްޔެވެ؟ حرمة ތެރި މިސްކިތުގެ ކައިރީގައި ތިޔަބައިމީހުން އެބަޔަކާ عهد ކުރި މީހުންނަށް މެނުވީއެވެ. ފަހެ، އެއުރެން ތިޔަބައިމީހުންނަށް ސީދާވެގެންތިބިހާ ހިނދަކު ތިޔަބައިމީހުންވެސް އެއުރެންނަށް ސީދާވާށެވެ! ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 5-9 — އަތް-ތައުބާ

5فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
حرمة ތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް مشرك ން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން قتل ކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން حصار ކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
6وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ
އަދި مشرك ންގެ ތެރެއިން އެއްވެސްމީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ، އެމީހަކު اللَّه ގެ كلام ފުޅު އަހައިފުމަށްދާނދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ! ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ! އެއީ ހަމަކަށަވަރުންވެސް، އެއުރެންނީ ނުދަންނަ ބަޔެކެވެ
7كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ اللَّهِ وَعِندَ رَسُولِهِ إِلَّا الَّذِينَ عَاهَدتُّمْ عِندَ الْمَسْجِدِ الْحَرَامِ ۖ فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ ۚ إِنَّ اللَّهَ يُحِبُّ الْمُتَّقِينَ
اللَّه ގެ حضرة ގައްޔާއި، އެކަލާނގެ رسول އާގެ އަރިހުގައި، مشرك ންނަށް عهد އެއް އޮންނާނީ، ކޮންފަދައަކުން ހެއްޔެވެ؟ حرمة ތެރި މިސްކިތުގެ ކައިރީގައި ތިޔަބައިމީހުން އެބަޔަކާ عهد ކުރި މީހުންނަށް މެނުވީއެވެ. ފަހެ، އެއުރެން ތިޔަބައިމީހުންނަށް ސީދާވެގެންތިބިހާ ހިނދަކު ތިޔަބައިމީހުންވެސް އެއުރެންނަށް ސީދާވާށެވެ! ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ
8كَيْفَ وَإِن يَظْهَرُوا عَلَيْكُمْ لَا يَرْقُبُوا فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُم بِأَفْوَاهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَاسِقُونَ
(އެއުރެންނަށް އެފަދަ عهد އެއް އޮންނާނީ) ކިހިނަކުންހެއްޔެވެ؟ އެހެނީ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ގަދަވެގެންފިނަމަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި عهد އަކަށްވެސް، ތިޔަބައިމީހުންނާމެދު އެއުރެން ނުބަލާނެތެވެ. އެއުރެންގެ އަނގައިން ތިޔަބައިމީހުން ރުއްސާނެތެވެ. އެއުރެންގެ ހިތްތައް ނުރުހިގެންވާ حال ގައެވެ. އޭގެތެރެއިން ގިނަމީހުންނީ، فاسق ންނެވެ
9اشْتَرَوْا بِآيَاتِ اللَّهِ ثَمَنًا قَلِيلًا فَصَدُّوا عَن سَبِيلِهِ ۚ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ
އެއުރެން اللَّه ގެ آية ތަކަށް ކުޑަ އަގެއް ގަތެވެ. ފަހެ، އެއުރެން އެކަލާނގެ މަގުން (މީސްތަކުން) އެއްކިބާކުޅައެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތައް ހާދަހާ ނުބައިވެގެންވެއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
7އާޔަތް

ތަރުޖަމާ — އަތް-ތައުބާ 7

ސޫރަތު އަތް-ތައުބާ އާޔަތް 7 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه ގެ حضرة ގައްޔާއި، އެކަލާނގެ رسول އާގެ އަރިހުގައި، مشرك ންނަށް…

ސޫރަތު އާޔަތް 7/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 5–9. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers