ހޫދު · 37/123
ތަރުޖަމާ ކިޔެވުން — ހޫދު
وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۚ إِنَّهُم مُّغْرَقُونَ ۝٣٧
Wasna`il fulka bi-a`yuninaa wa wahyinaa wa laa tukhaa tibnee fil lazeena zalamoo; innahum mughraqoon
📖 ދިވެހި މާނަ
އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحى އާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، غرق ކުރައްވާނޭ ބަޔެކެވެ
🎧 އަޑު އަހާ

📜 އާޔަތް 35-39 — ހޫދު

35أَمْ يَقُولُونَ افْتَرَاهُ ۖ قُلْ إِنِ افْتَرَيْتُهُ فَعَلَيَّ إِجْرَامِي وَأَنَا بَرِيءٌ مِّمَّا تُجْرِمُونَ
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެ قرآن އަމިއްލަފުޅަށް ހެއްދެވިނަމަ، ފަހެ، އެކަމުގެ ކުށް އޮތީ ތިމަންކަލޭގެފާނުގެ މައްޗަށެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ ކަންތަކުގެ ކުށުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ
36وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ
نوح ގެފާނަށް وحى އިއްވެވިއެވެ. ކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން މިހާތަނަށް إيمان ވެގެންތިބި މީހުން މެނުވީ، إيمان އެއް ނުވާނެތެވެ. ފަހެ، އެއުރެން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ
37وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۚ إِنَّهُم مُّغْرَقُونَ
އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحى އާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، غرق ކުރައްވާނޭ ބަޔެކެވެ
38وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِ سَخِرُوا مِنْهُ ۚ قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ
އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ قوم ގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެތެވެ. އެކަލޭގެފާނު ވިދާޅުވެތެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ
39فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ
ފަހެ، ނިކަމެތިކަން އެމީހަކަށް ދެނިވި عذاب، އެމީހަކާ ހަމައަށް އަންނަނީ، އަދި ދެމިހުންނަނިވި عذاب، އެމީހަކަށް ކުރިމަތިވެގެން އަންނަނީ، ކާކަށްކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
37އާޔަތް

ތަރުޖަމާ — ހޫދު 37

ސޫރަތު ހޫދު އާޔަތް 37 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحى އާއެކު، ކަލޭގެފާނު ނާކޮޅު…

ސޫރަތު އާޔަތް 37/123 — ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ހޫދު އަޑު އަހާ, ހޫދު ތަރުޖަމާ, ހޫދު mp3, ހޫދު pdf. އާޔަތް 35–39. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers