އަން-ނަޙްލު · 104/128
ތަރުޖަމާ ކިޔެވުން — އަން-ނަޙްލު
إِنَّ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ لَا يَهْدِيهِمُ اللَّهُ وَلَهُمْ عَذَابٌ أَلِيمٌ ۝١٠٤
Innal lazeena laa yu`minoona bi Aayaatil laahi laa yahdehimul laahu wa lahum `azaabun aleem
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللَّه ގެ آية ތަކަށް، إيمان ނުވާ މީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ތެދުމަގެއް ނުދައްކަވާނެތެވެ. އަދި ވޭންދެނިވި عذاب އެއުރެންނަށްހުށްޓެވެ
🎧 އަޑު އަހާ

📜 އާޔަތް 102-106 — އަން-ނަޙްލު

102قُلْ نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ بِالْحَقِّ لِيُثَبِّتَ الَّذِينَ آمَنُوا وَهُدًى وَبُشْرَىٰ لِلْمُسْلِمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! حق ގޮތުގައި އެ ފޮތް ބާވައިލެއްވީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން جبريل ގެފާނެވެ. (އެއީ) إيمان ވި މީހުންނަށް ثابت ކަން ދެއްވުމަށްޓަކައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ
103وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ ۗ لِّسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَٰذَا لِسَانٌ عَرَبِيٌّ مُّبِينٌ
އެކަލޭގެފާނަށް އުނގަންނައިދެއްވަނީ، ހަމަކަށަވަރުން، إنسان އެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ، عجمى ބަހެވެ. މިއީ ބަޔާންވެގެންވާ عرب ބަހެވެ
104إِنَّ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ لَا يَهْدِيهِمُ اللَّهُ وَلَهُمْ عَذَابٌ أَلِيمٌ
ހަމަކަށަވަރުން، اللَّه ގެ آية ތަކަށް، إيمان ނުވާ މީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ތެދުމަގެއް ނުދައްކަވާނެތެވެ. އަދި ވޭންދެނިވި عذاب އެއުރެންނަށްހުށްޓެވެ
105إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ
ދޮގުހަދާކަން ކަށަވަރީ، اللَّه ގެ آية ތަަކަށް إيمان ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ
106مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ
إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
104އާޔަތް

ތަރުޖަމާ — އަން-ނަޙްލު 104

ސޫރަތު އަން-ނަޙްލު އާޔަތް 104 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللَّه ގެ آية ތަކަށް، إيمان ނުވާ މީހުން (ދަންނާށެވެ!) اللَّه،…

ސޫރަތު އާޔަތް 104/128 — އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނަޙްލު އަޑު އަހާ, އަން-ނަޙްލު ތަރުޖަމާ, އަން-ނަޙްލު mp3, އަން-ނަޙްލު pdf. އާޔަތް 102–106. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers